އިމިގްރޭޝަން ކޮންޓްރޯލަރުގެ މަގާމުން މުހައްމަދު އަންވަރު މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.
ދެހާސް ފަނަރަ ވަނަ އަހަރު އިމިގްރޭޝަން ކޮންޓްރޯލަރުގެ މަގާމަށް އައްޔަން ކުރެއްވި އަންވަރު މަގާމުން އިސްތިއުފާ ދެއްވައި، އިސްތިއުފާގެ ސިޓީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އާދީއްތަ ދުވަހު ވަނީ ފޮނުވާފައެވެ.
އާ ސަރުކާރާ އެކުގައި ވެސް އަންވަރު އިމިގްރޭޝަން ކޮންޓްރޯލަރުގެ މަގާމުން އިސްތިއުފާ ނުދެއްވައި ހުންނެވުމާއި، އެ މަގާމަށް އާ ބޭފުޅަކު އައްޔަން ކުރުން ދިގުދެމިގެންދާތީ ގިނަ ބަޔަކު ވަނީ ފާޑުކިޔަމުންނެވެ.
ކުރިން ކޮމިޝަނަރު ޖެނަރަލް ކަސްޓަމްސްގެ މަގާމުގައި އަދި މާލޭ ސިޓީ ކައުންސިލްގައި ވެސް އުޅުއްވި އަންވަރު އިމިގްރޭޝަން ކޮންޓްރޯލަރުގެ މަގާމަށް އައްޔަން ކުރައްވާފައި ވަނީ 2015 ވަނަ އަހަރުގެ ޖެނުއަރީ މަހުގައެވެ.
މިހާރު ބޭނުންކުރަމުން ގެންދާ ޕާސްޕޯޓްތަކާއި ޕާސްޕޯޓް ކާޑް ތައާރަފު ކުރީ އަންވަރު، ކޮންޓްރޯލަރުގެ މަގާމުގައި ހުންނެވިއިރު އެވެ.