ކ. މާލެ
|
23 ޑިސެންބަރ 2018 | އާދީއްތަ 02:19
ބިޒްނަސް އޮފް ދަ އިޔަރގެ އެވޯޑް ލިބިފައިވަނީ އެލައިޑް އިންޝުއަރަންސް
ބިޒްނަސް އޮފް ދަ އިޔަރގެ އެވޯޑް ލިބިފައިވަނީ އެލައިޑް އިންޝުއަރަންސް
ވަން އޮންލައިން
މޯލްޑިވްސް ބިޒްނަސް އެވޯޑްސް
މޯލްޑިވްސް ބިޒްނަސް އެވޯޑްސް ހަފްލާ ބާއްވައިފި
ތިން ކެޓަގަރީއަކުން އެވޯޑް ދީފައިވޭ
ހަޔާތީ އަރުތައިގެ އެވޯޑް ލިބިފައިވަނީ ޤާސިމް އިބްރާހީމަށް
އަންނަ އަހަރު ވެސް ބިޒްނަސް އެވޯޑްސް އޮންނާނެ

މޯލްޑިވްސް ބިޒްނަސް އެވޯޑް ހަފްލާ ބާއްވާ، 23 ތަފާތު ދާއިރާއަކުން ހޮވުނު ފަރާތްތަކަށް އެވޯޑްތައް ހަވާލުކޮށްފިއެވެ.

ހޮނިހިރު ދުވަހުގެ ރޭ ޕެރެޑައިސް އައިލެންޑް ރިސޯޓުގައި ބޭއްވި މި ހަފްލާ ޝަރަފުވެރިކޮށްދެއްވީ ރައީސް މައުމޫންގެ ސަރުކާރުގައި ވަޒީރުކަން ކުރެއްވި އަދި ދިވެހި ބަހާއި ތާރީހަށް ހިދުމަތް ކުރާ މަރުކަޒު ހިންގެވި އައްބާސް އިބްރާހިމްއެވެ.

މޯލްޑިވްސް ބިޒްނަސް އެވޯޑްސް 2018 ގައި ތަފާތު ތިން ކެޓަގަރީއަކުން އެވޯޑް ދީފައިވެއެވެ. އެއީ އިންޑަސްޓްރީ އެކްސެލެންސް އެވޯޑާއި އެންޓަޕްރައިސް އެކްސެލެންސް އެވޯޑްގެ އިތުރުން އިންޑިވިޖުއަލް އެކްސެލެންސް އެވޯޑެވެ.

މި ހަފްލާގެ ތެރެއިން އެންމެ ޝަރަފުވެރި ދެ އެވޯޑް ވެސް ވަނީ ދީފައެވެ. އެގޮތުން ހަޔާތީ އަރުތައިގެ އެވޯޑް ރައްޔިތުން މަޖިލީހުގެ ރައީސް ޤާސިމް އިބްރާހީމަށް ލިބިފައިވާއިރު ބިޒްނަސް އޮފް ދަ އިޔަރގެ އެވޯޑް ލިބިފައިވަނީ އެލައިޑް އިންޝުއަރަންސްއަށެވެ.

މި އެވޯޑް ހަފްލާ ބްލޭޒަން އިންކް ކުންފުނީގެ ފަރާތުން ބާއްވާފައިވާއިރު އެ ކުންފުނީގެ ސީއީއޯ ހަސަން ހިލްމީ ވިދާޅުވީ އެވޯޑްތައް ދޭން ނިންމި ބައެއް ދާއިރާތަކުން މިއަހަރު އެވޯޑްދީފައިނުވާނެ ކަމަށާއި އެގޮތަށް ނިންމީ އެވޯޑްތައް ދިނުމުގައި އިންސާފުވެރިވުމަށް ކަމަށެވެ. އަދި މި އެވޯޑް ހަފްލާ އަންނަ އަހަރުގެ ވެސް ކުރިއަށްދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އެވޯޑްތައް ލިބިފައިވަނީ:

  1. އެކްސަލެންސް އިން ފައިނޭންސް (ބޭންކިންގް އެންޑް ފައިނޭންސް): އެޗްޑީއެފްސީ
  2. އެކްސަލެންސް އިން ފައިނޭންސް (އިންޝުއަރެންސް): އެލައިޑް އިންޝުއަރެންސް
  3. އެކްސަލެންސް އިން ހޮސްޕިޓަލިޓީ (ހޮޓެލްސް އެންޑް ގެސްޓް ހައުސަސް): ރިވެރީސް ގެސްޓް ހައުސް
  4. އެކްސަލެންސް އިން ހޮސްޕިޓަލިޓީ (ޓުއަރ އޮޕަރޭޓާޒް): އިނަރ މޯލްޑިވްސް
  5. އެކްސަލެންސް އިން ފިޝަރީޒް އެންޑް އެގްރިކަލްޗަރ: އެންސިސް ފިޝަރީޒް
  6. އެކްސަލެންސް އިން ޔޫރިޓިލިޓީ: އެމްޑަބްލިޔުއެސްސީ
  7. އެކްސަލެންސް އިން ކޮންސްޓްރަކްޝަން އެންޑް ރިއަލް އެސްޓޭޓް: ސަސޭ ކޮންސްޓްރަކްޝަން
  8. އެކްސަލެންސް އިން ހޯލްސޭލް އެންޑް ރީޓެއިލް: އެޓޯލް މާކެޓް
  9. އެކްސަލެންސް އިން އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން: އުރީދޫ މޯލްޑިވްސް
  10. އެކްސަލެންސް އިން ޓްރާންސްޕޯޓް އެންޑް ލޮޖިސްޓިކްސް: ޓޯޓަލް ޓްރާންސްޕޯޓް ސޮލިއުޝަންސް
  11. އެކްސަލެންސް އިން ހެލްތް ކެއަރ: މެޑިކަ
  12. އެކްސަލެންސް އިން ޕްރޮފެޝަނަލް ސަރވިސަސް: އެމްއެޗްޕީއޭ އެލްއެލްޕީ
  13. ޕަބްލިކް އެންޓަޕްރައިޒް އޮފް ދަ އިޔަރ: ދިރާގު
  14. އިނޮވޭޓިވް ބިޒްނަސް އޮފް ދަ އިޔަރ: އެލައިޑް އިންޝުއަރެންސް
  15. އެލައިޑް ޕްރެސެންޓްސް އެމްޕްލޮޔަރ އޮފް ދަ އިޔަރ: އެމްޑަބްލިޔުއެސްސީ
  16. އެފްޑީއައި އޮފް ދަ އިޔަރ: އުރީދޫ މޯލްޑިވްސް
  17. ދިރާގު ޕްރެސެންޓްސް އެމްއެސްއެމްއީ އޮފް ދަ އިޔަރ: އެމްބަރ ފަޔަރ އެންޑް ސޭފްޓީ
  18. ޔަންގް އެންޓްރަޕްރެނެއަރ އޮފް ދަ އިޔަރ: އަލީ ހާރިސް
  19. ބިޒްނަސް ވުމަން އޮފް ދަ އިޔަރ: ރާއިދާ ޝަފީގް
  20. އިންސްޕިރޭޝަނަލް ލީޑަރ އޮފް ދަ އިޔަރ: އަބްދުލް މަޖީދު
  21. އެންޓްރަޕްރެނެއަރ އޮފް ދަ އިޔަރ: މުހައްމަދު އަލީ ޖަނާހް   

ބިޒްނަސް އެވޯޑްސްގެ ޖަޖިން ޕެނަލްގައި ތިއްބެވީ ހަމްދޫން އަބްދުﷲ ހަމީދު (ހެޑް އޮފް ޖަޖެސް ޕެނަލް)، ޑރ. އާއިޝަތު މުނީޒާ، ޑރ. މަރިޔަމް ވަސީމާ، ޑރ. އަޒްމިރަލްދާ ޒާހިރު އަދި އަހްމަދު މާޒިންގެ އިތުރުން އަޝްރަފް ރަޝީދު، އަބްދުﷲ ގިޔާސް ރިޔާޒް، ފާތިމަތު ޝާނާ ފާރޫގު އަދި އިބްރާހިމް އާތިފް ޝަކޫރެވެ. ބްލޭޒަންގެ ފަރާތުން ބުނީ ޖުމްލަ 185 އެޕްލިކޭޝަންތައް އެކި ދާއިރާތަކަށް ލިބުނު ކަމަށާއި ޖަޖުންގެ ޕެލަންލް އިން އެވޯޑުތައް އިންސާފުވެރިކަމާއެކު ހައްޤުވާ ފަރާތްތަކަށް ދިނުމުގެ މަސައްކަތުގައި 100 ގަޑިއިރަށްވުރެ ގިނައިރު ހޭދަކޮށްފައިވާ ކަމަށެވެ.

ބްލޭޒަން އިންކްއަކީ ޕަބްލިކް ރިލޭޝަންސް، މާކެޓިންގް އަދި ބިޒްނަސް މެނޭޖްމަންޓްގެ މަސައްކަތްތަކަށް ހާއްސަ ކުންފުންޏެކެވެ. އެ ކުންފުނި އުފައްދާފައި ވަނީ 2016 ވަނަ އަހަރުގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް