ދިވެހި ރާއްޖެގެ ތާޜީހުގައި ހިންގި އެންމެ ބޮޑު އިންސާނީ ވަގުވިޔަފާރި ހިންގާފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ކަމަށް މާފަންނު ދެކުނު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ވިދާޅުވެއްޖެވެ.
ހޮނިހިރު ދުވަހުގެ ރޭ ރާއްޖެ ޓީވީގެ "ފަލަ ސުރުޚީ" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ބޮންޑޭ ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަމުގައި ވަރަށް ބައިވަރު ޕްރޮޖެކްޓް ތަކެއް އިއުލާން ކުރި ކަމަށާއި އެ ޕްރޮޖެކްޓް ތަކުގެ ބޭނުމަކީ އިންސާނީ ވަގުވިޔަފާރި ކުރުން ކަމަށެވެ. ފާއިތުވި ފަސް އަހަރުގެ ތެރޭގައި އެތައް މިލިއަން ރުފިޔާއެއްގެ އިންސާނީ ވަގުވިޔަފާރި ކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
އެގޮތުން ބޮންޑޭ ވިދާޅުވީ، ހުޅުމާލޭގައި އިއުލާން ކުރި ގިނަ ފްލެޓްތަކަށް ދޫކުރަން އިއުލާން ކުރީ 2000 ޕްލެޓް ކަމަށާއި އެ ބިންތައް ހުރީ ހުސްކޮށް ގަސްފަޅާ ވަލަށް ވެފައި ކަމަށެޗެ. އަދި ފްލެޓްވެސް ނާޅާ ކަމަށާއި، އެއީ އިންސާނީ ވަގު ވިޔަފާރި ކަމަށެވެ.
"ހުޅުމާލޭގައި ވެސް ވަރަށް ގިނަ ފްލެޓްތައް އިއުލާން ކުރާނެ . އިއުލާން ކުރުމަށް ފަހު އެ އިއުލާންގައި އޮންނަ ފްލެޓެއް ނަގާނީ ކޮންމެވެސް ކޯޑިނޭޓަރަކު . ނަގާފައި އެ ކޯޑިނޭޓަރު ދޭނީ ވުޖޫދުގައި ނުވާ ކޮންމެވެސް ކަރުދާސް ކުންފުންޏަކަށް. ދީފައި އެކުންފުނީގެ ނަންމަތީގައި އެކުންފުނިން އެތެރެ ކުރަނީ 1500 ފްލެޓް އަޅާކަމަށް ވަންޏާ އެބަދޭ ގާތްގަނޑަކަށް 2000 އެއްހާ ލޭބަރުން ކޯޓާ ދޫކުރަން. އެ ކޯޓާއަށް ދައްކަން ޖެހޭ ޑައުންޕޭމަންޓަށް ދައްކަންޖެހޭ ފައިސާ 1500 ޑަލަރުގެ ރޭޓުން ގާތްގަނޑަކަށް 1000 އެއްހާމީހުން ނަށް 105 މިލިއން ޑޮލަރު އެބަ ނަގާ . ނަގާފަ ދެންއިންނަ ޑައުން ޕޭމަންޓަށް ދައްކާފައި ދެން އިންނަ 60 ޕަސެންޓް އިން ބައެއް ނަގާފައި އެކަހަލަ ބޮޑެތި ވަގު ވިޔަފާރިތަކެއް ހިންގި" ބޮންޑޭ ވިދާޅުވިއެވެ.
ބޮންޑޭ ވިދާޅުވީ އަދިވެސް އެކަން ނުހުއްޓޭ ކަމަށާއި ހޮޅިއެއް ވަޅުލުމުގެ ނަމުގައި ކޯޓާ ހޯދައިގެން ފްރީ ކޯޓާ ނަމުގައި ދުވާލަކަށް 200 ބިދޭސީން ރާއްޖެ އެތެރެވާ ކަމަށެވެ. އަދި އެތެރެކުރާއިރު އޭގެން ކޮންމެ މީހެއްގެ ބޮލަށް 1500 ޑޮލަރު ނަގާ ކަމަށާއި މޭޒުދަށުން ލާރި ދީފައި އެވައްކަން ކުރަމުންދާ ކަމަށެވެ.
މި ކަން ހުއްޓަން ވެއްޖެ ނަމަ މިއީ ވރަށް ފަސޭހައިން ހުއްޓުވެންއޮތް ކަމެއް ކަމަށާއި އެގޮތުން ކައުންސިލް ތަކުން ރަށްރަށައް އެތެރެވާ ބިދޭސީން ގެ ވޯކް ޕާރމިޓް ކާޑާއި ޕާސްޕޯޓް އޮތްތޯ ބަލާ ޗެކްކޮށް އެކަމުގައި ބައިވެރިވާ ފަރާތްތައް ޖޫރިމަނާ ކުރަންފެށުމުން އެކަން ހުއްޓޭނެ ކަމަށް ބޮންޑޭ ވިދާޅުވިއެވެ.