ޓްވިޓާ މެދުވެރިކޮށް ހުށަހެޅި ޝަކުވާ އަކަށް އެކްޓިން ޕޮލިސް ކޮމިޝަނަރ މުހައްމަދު ހަމީދު ޖަވާބުދެއްވައި އެވެ.
ހަމީދު ޖަވާބު ދެއްވާފައި ވަނީ ސޯޝަލް މީޑިއާ އެކްޓިވިސްޓް އައިޝަތު ޖެނީފާ ކޮށްފައިވާ ޓްވީޓަކަށެވެ. އެ ޓްވީޓްގައި ވަނީ ގޭދޮށުގައި އޮންނަ ގުރޫޕް ކައިރިއަށް ތިން އިރު ކާ ބޭހެއްހެން ފުލުހުންދާ ކަމަށާއި އެކުދިން ކަމެއް ނުކޮށް މަޑުމަޑުން ތިއްބަސް ފާރަށް ކުދިން ހިއްޕާލައި ޗެކްކުރާ ކަމަށެވެ. އަދި ވާހަކަ ދައްކަނީވެސް އެހާ ހުތުރުކޮށް ކަމަށެވެ. މިނޫން ގޮތެއް ނެތްތޯ، އެކްޓިން ޕޮލިސް ކޮމިޝަނަރ ހަމީދު ޓެގްކޮށްފައިވާ އެ ޓްވީޓްގައި ޖެނިފާ ސުވާލު ކޮށްފައެވެ.
Hello Acting Police Commissioner -
— Aishath Jennifer (@JenniferAishath) December 22, 2018
Gayshoshu ohnna Group kairi ah 3 iru iraku kaa bay heh hen @PoliceMv aadhay -faarah kudhin hihpaa check kuray . e kudhin kameh nukoh madu madun thihbas evaru . Adhi vaahaka dhah kanee ves ehaa huthuru koh. Mi noon gotheh nethee Tho ? @M_Hameedh
ޖެނީފާގެ ޓްވީޓްއަށް ރައްދުދެއްވައި ހަމީދު ކުރެއްވި ޓްވީޓްގައި ވަނީ އެކަމާއި ގުޅޭ އޮފިސަރަށް ވަނީ ދަންނަވާލެވިފައި ކަމަށާއި، ޖެނިފާ އެމައްސަލަ ނޭބަރުހުޑް ޕޮލިހަށް ހުށަހެޅުމަށް ވެސް ވަނީ ދަންނަވާފައެވެ. އަދި އެ އޮފިސަރުގެ ނަމްބަރުވެސް ވަނީ ހިއްސާ ކުރައްވަފައެވެ. އެ އޮފިސަރު ފުލުހުންގެ ޔުނިޓް ތަކާއި ގުޅިގެން ކުރިއެރުންތައް ގެންނަވާނެ ކަމަށް ވެސް ހަމީދުގެ ޓްވީޓްގައި ވެއެވެ.
This matter has been escalated to the concerned officer. You could also reach out to your Neighbourhood Support Officer on 9408151 and share this experience of police’ approach and behaviour. The officer will engage with the police units to make improvements.
— Mohamed Hameed (@M_Hameedh) December 22, 2018
ޑިސެމްބަރ 17 ވަނަ ދުވަހު ތަޢާރަފްކުރި ނެއިބަރހުޑް ސަޕޯރޓު އޮފިސަރުންގެ ޚިދުމަތް ހުރިހާ ރައްޔިތުންނަށް ފޯރުކޮށްދިނުމަށްޓަކައި، މާލެ ހިމެނޭ ސަރަޙައްދު އަށް ބަޔަކަށްވަނީ ބަހައިލާފައެވެ. އެގޮތުން މާލެ ހަތަރު ބަޔަކަށް، ހުޅުމާލެ ތިންބަޔަކަށް އަދި ވިލިމާލެއަށް ވަކިން ޚިދުމަތްދޭން ވަނީ ފަށާފައެވެ.
މި ޚިދުމަތުގެ ދަށުން ނެއިބަރހުޑް ސަޕޯރޓު އޮފިސަރުން ގޭބިސީތަކާއި، އެއޮފިސަރަކަށް ކަނޑައެޅިފައިވާ ސަރަޙައްދުތަކަށް ޒިޔާރަތްކޮށް، ގޭބިސީތަކާއި އެސަރަޙައްދު ތަކުގެ އާންމު މަޢުލޫމާތު އޮޅުންފިލުވާނެއެވެ. އަދި އާންމު އިޖްތިމާއީ މިންގަނޑުތަކާއި ޚިލާފު ޢަމަލުތަކާއި އެސަރަޙައްދުތަކުގައި ހިނގާ އެހެނިހެން ކުށްތައް ދެނެގަނެ ޙައްލު ހޯދައިދިނުމަށް މަސައްކަތްކުރާނެއެެވެ. މީގެއިތުރުން ކުށްމަދުކުރުމަށާއި އަމިއްލަ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި މަސައްކަތްކުރަންވީ ގޮތުގެ މަޢުލޫމާތު، އެސަރަޙައްދުގައި ހިމެނޭ އާންމު ރައްޔިތުންނާއި ހިއްސާކުރުމަށްވަނީ ހަމަޖެހިފައެވެ. އަދި ކުށުގެ ޝިކާރައަކަށް ވެފައިވާ ފަރާތްތަކާއި އެކި މައްސަލަތަކުގައި ހެކިބަސްދޭ ފަރާތްތަކަށް ރައްކާތެރިކަން ހޯދައިދިނުމަށް މަސައްކަތްކުރުމާއި، އިންޓެލިޖެންސާއި އެސަރަޙައްދަކުން ލިބޭ މަޢުލޫމާތު ފުލުހުންނާއި ހިއްސާކޮށް ޙައްލު ހޯދައިދިނުމަށް މަސައްކަތްކުރާނެއެވެ.