ކ. މާލެ
|
22 ޑިސެންބަރ 2018 | ހޮނިހިރު 21:12
ޖޯލި މޯލްޑިވްސްގެ ޖެޓީ
ޖޯލި މޯލްޑިވްސްގެ ޖެޓީ
ޖޯލި
ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް
މި އަހަރު ހުޅުވި އެއްމެ ލަގްޒަރީ ރިސޯޓުތަކުގެ ލިސްޓުގެ ކުރީ ސަފުގައި ރާއްޖޭގެ ދެ ރިސޯޓު
ކުޑަދޫ ޕްރައިވެޓް އައިލެންޑަކީ ރާއްޖޭގެ މަޝްހޫރު ކުންފުނި، ކްރައުން އެންޑް ޗަމްޕާ ރިސޯޓްސް އިން ޅ. އަތޮޅުގައި ތަރައްގީ ކޮށްފައިވާ 15 ލަގްޒަރީ ވިލާ ހުންނަ ރިސޯޓެއް
ޖޯލި މޯލްޑިވްސްއަކީ ރ. އަތޮޅު މުރަވަންދޫގައި ތަރައްގީ ކޮށްފައިވާ، 73 ވިލާ ހުންނަ ރިސޯޓެއް

ފަތުރުވެރިކަމުގެ ސިނާއަތް ދިރާސާ ކުރާ ލަގްޒަރީ ޓްރެވަލް އިންޓެލިޖެންސް (އެލްޓީއައި)ގެ މި އަހަރު އަލަށް ހުޅުވި ލަގްޒަރީ ރިސޯޓުތަކުގެ ލިސްޓުގެ އެއްވަނަ ދިވެހިރާއްޖޭގެ ކުޑަދޫ ޕްރައިވެޓް އައިލެންޑަށް، އަދި ދެވަނަ ޖޯލި މޯލްޑިވްސްއަށް ލިބިއްޖެއެވެ.

މި ލިސްޓުގެ އެއްވަނަ ލިބުނު ކުޑަދޫ ޕްރައިވެޓް އައިލެންޑަކީ ރާއްޖޭގެ މަޝްހޫރު ކުންފުނި، ކްރައުން އެންޑް ޗަމްޕާ ރިސޯޓްސް އިން ޅ. އަތޮޅުގައި ތަރައްގީ ކޮށްފައިވާ 15 ލަގްޒަރީ ވިލާ ހުންނަ ރިސޯޓެކެވެ. މި ރިސޯޓަކީ ތިމާވެއްޓާ ވަރަށް ރައްޓެހި ގޮތަކަށް ފަރުމާ ކޮށްފައިވާ ރިސޯޓެކެވެ. އެގޮތުން މި ރިސޯޓަށް ކަރަންޓު ފޯރު ކޮށްދެނީ ވިލާތަކުގެ މަތީގައި ހަރުކުރެވިފައިވާ ސޯލާ ޕެނަލްތަކެއްގެ ޒަރިއްޔާއިންނެވެ. ކުޑަދޫއަކީ ވަރަށް ހާއްސަ އަދި ހިތްގައިމު ޕްރައިވެޓް ރަށެއް ކަމަށް ލިސްޓުގައި އެލްޓީއައިއިން ވަނީ ބުނެފައެވެ.

ޖޯލި މޯލްޑިވްސްއަކީ ރ. އަތޮޅު މުރަވަންދޫގައި ތަރައްގީ ކޮށްފައިވާ، 73 ވިލާ ހުންނަ ރިސޯޓެކެވެ. ދުނިޔޭގެ މަޝްހޫރު ޑިޒައިނަރުންނާއި އާކިޓެކްޓުން ބޭނުންކޮށްގެން ތަރައްގީކޮށްފައިވާ ޖޯލި މޯލްޑިވްސްއަކީ ރަށުގެ ގުދުރަތީ ރީތިކަން އޭގެ ފުރިހަމައަށް ފެނިގެންދާނެ ގޮތަށް ފަރުމާ ކޮށްފައިވާ ރިސޯޓެކެވެ. ޖޯލިއަކީ އާއިލާތަކަށް ހާއްސަ، ރީތި ކަމުގެ އެއްމެ މަތީ ފަންތީގެ ރިސޯޓެއް ކަމަށް އެލްޓީއައިއިން ވަނީ ބުނެފައެވެ.

މި ލިސްޓުގެ ރަން ވަނަތައް ރާއްޖެއިން ހޯދާފައި މިވަނި ލަގްޒަރީ ކެޓެގަރީގެ 42 ރިސޯޓާއި ވާދަކޮށްގެންނެވެ. މި ލިސްޓުގައި ގިނައިން ހިމެނުނީ އޭޝިއާގެ ގައުމުތަކަށް ނިސްބަތްވާ ރިސޯޓުތަކެވެ.

އެލްޓީއައިއަކީ ދަތުރުވެރިންނަށް މައުލޫމާތު ފޯރުކޮށް ދިނުމަށް ފަތުރުވެރިކަމުގެ ސިނާއަތުގެ މާހިރުން އުފައްދާފައިވާ ޖަމިއްޔާއެކެވެ. މި ޖަމިއްޔާގެ މެމްބަރަކަށް ވެވެނީ ހަމައެކަނި ދައުވަތު ލިބޭ ފަރާތްތަކަށް އެކަންޏެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް