ސަރުކާރު ޖަވާބުދާރީ ނުކުރެވިއްޖެނަމަ ޕާޓީގެ މެމްބަރުން ނިކުމެ ސަރުކާރު ވައްޓަލާނެކަމަށް ޕީޕީއެމްއިން ބުނެފިއެވެ.
ހުކުރު ދުވަހުގެ ރޭ ޕީޕީއެމް އޮފީސް ސަރަހައްދުގައި ބޭއްވި މުޒާހަރާގައި ޕީޕީއެމްގެ އެކްޓިވުސްޓުން ވަނީ ސަރުކަރު ވައްޓާލާނެކަމުގެ އިންޒާރު ދީ ކޯލިޝަން އަށް ވަރަށް ބޮޑަށް ފާޑު ކިޔައިފަ އެވެ. މުޒާހަރާގައި ވާހަކަ ދެއްކެވި ގިނަ މީހުން ބުނީ މި ސަރުކާރުން ރާއްޖެ ވިއްކާލުމަށް މަސަތްކަތް ކުރަމުން ގެންދާ ކަމަށާއި އެކަން ކުރުމަށް ފުރުސަތު ނުދޭނެ ކަމަށެވެ.
އެ މީހުން ވަނީ ރައީސް ޔާމިން ހައްޔަރުކޮށްފިނަމަ މުލިޔާގެ ސަރަހައްދަށް އެއްވާނެކަމަށް ވެސް ބުނެފައެވެ. މީގެއިތުރުން މުޒާހަރާގައި ވާހަކަ ދެއްކެވި ގިނަ މީހުން ވަނީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އަށް ތައުރީފުކޮށް ވާހަކަދައްކާފައެވެ. އެގޮތުން ޤާސިމާއި ކުޅުމަށް އެމްޑީޕީގެ އާންމު މެމްބަރުން މަސައްކަތް ނުކުރުމަށް ގޮވާލާ، ޤާސިމާއި ކުޅުމަށް ފުރުސަތު ނުދޭނެކަމަށް އެ މީހުން ބުނެފައިވެއެވެ.
ކޮންމެ ރެޔަކުވެސް ޕީޕީއެމް އޮފީސް ސަރަހައްދުގައި ސިލްސިލާކޮށް މުޒާހަރާ ކުރުމަށްވަނީ ހަމަޖެހިފައެވެ. ހުކުރު ދުވަހުގެ މުޒާހަރާގައި 50 މީހުންވެސް ހަމަނުވާކަން ފާހަގަކޮށްލެވެއެވެ.