ކޯލިޝަންގެ ތެރޭގައި ވަކިބަޔަކު އަޑީގައި ތިބެ ޤާސިމް އިބްރާހިމާ ދިމާކުރުމަކީ ކޯލިޝަން ބަިލަކށިވާނެކަމެއް ކަމަށް ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒް ރަޝީދު ވިދާޅުވެއްޖެ އެވެ.
ބުރާސްފަތި ދުވަހު، ސިޔާސީ ޕާޓީތަކުގެ ލީޑަރުންގެ މަޝްވަރާ ބައްދަލުވުން ނިންމާލުމަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުން ކުރިއަށްދިޔަ ވަގުތުގައި "ނަވާނަވައި" ގެ ނަމުގައި ސިޔާސީ ހަރަކާތް ހިންގާ މޫވްމަންޓުން ވަނީ ސުލްހަވެރިކަމާއެކު ޝުއޫރު ފާޅުކޮށް، މަހުޖަނުންގެ ނުފޫޒުން މަޖިލިސް ސަލާމަތްކުރުމަށް ގޮވާލައިފަ އެވެ. އަދި މަހުޖަނުން ވަގަށް ނެގި ރަށްތައް އަތުލުމަށްވެސް އެ މޫވްމެންޓުން ގޮވާލައިފައިވެއެވެ.
އެކަމާއި ގުޅުވައި، ޖުމްހޫރީ ޕާޓީގެ މެމްބަރެއްގެ ގޮތުގައި ހުންނަވާ، ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ތުހުމަތުކުރެވޭ މަސައްލަތަކުގައި އެމަނިކުފާނު ފުލުހުންގެ އިދާރާއަށް ހާޒިރުކުރުމާއި ދެކޮޅަށް މުޒާހަރާކޮށް، ރައީސް ޔާމީނާއެކު ސިޔާސީ ހަރަކާތްތަކުގައި މިހާރުވެސް ބައިވެރިވެވަޑައިގަންނަވަމުން އަންނަ ރިޔާޒް ރަޝީދު ވިދާޅުވީ މި ސަރުކާރު ދެމެހެއްޓުމަކީ ކޯލިޝަންގެ ކޮންމެ ބައިވެރިއެއްގެވެސް ޒިންމާއެއް ކަމަށެވެ. އަދި ކޯލިޝަން ބަލިކަށިވުމަކީ ހިތާމަކުރައްވަ ކަމެއް ކަމަށާއި، ވަކިބަޔަކު އަޑީގައި ތިބެ ޤާސިމާއި ދިމާކުރުމަކީ ކޯލިޝަން ބަލިކަށިވާނެކަމެއް ކަމަށް ރިޔާޒް ވިދާޅުވި އެވެ.
ރައީސް ޔާމީން ފުލުހުންގެ އިދާރާއަށް ހާޒިރުކުރި ދުވަހު، ރައީސް ޔާމީންގެ ދިފާއުގައ މަގުމައްޗަށް ނިކުމެވަޑައިގެން ހުންނެވުމުގެ ސަބަބުން ރިޔާޒު ރަޝީދާމެދު ފިޔަވަޅު އެޅުމަށް ގިނަ ބަޔަކު އަންނަނީ ގޮވާލަމުންނެވެ. އަދި ރައީސް ޔާމީންގެ ދިފާއުގައި ރިޔާޒު ނިކުންނެވުމަކީ ކޯލިޝަންގެ އުސޫލުތަކާއި ހިލާފުކަމެއް ކަމަށްވެސް ރައްޔިތުން ބުނެ އެވެ.