ޕްރޮސެކިއުޓަރ ޖެނަރަލް (ޕީޖީ) އައިޝަތު ބިޝާމުގެ އިތުބާރު ނެތް ކަމުގެ ވޯޓު ނުނަގައި، މަޖިލީހުގެ ދައުރުގެ ބޭރުން ޖަލްސާއެއް ބާއްވަން ތާއިދު ނުކުރައްވާ ކަމަށް ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީ (ޖޭޕީ) ޕާލަމެންޓްރީ ގްރޫޕުގެ މެމްބަރު އަލީ ޝާހު ވިދާޅުވެއްޖެއެވެ.
މިދިޔަ މަހުގެ ފަހުކޮޅު ޖޭޕީއާ ގުޅިވަޑައިގެންނެވި ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު ޝާހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މަޖިލީހުގެ 12 މެމްބަރުންނަށް ބޭއިންސާފުން ނިންމުންނަށް ނިންމެވި މުއައްސަސާތަކުގެ ބޭފުޅުންގެ އިތުބާރު ނެތް ކަމުގެ ވޯޓު ނަގަން ތައްޔާރުވަމުންދާ ކަމަށެވެ. އަދި ބިޝާމްގެ އިތުބާރު ނެތް ކަމުގެ ވޯޓު މަޖިލީހުގައި ކުރިއަށް ނުގެންގޮސް، ދައުރުގެ މެދުތެރެއިން އެއްވެސް ޖަލްސާއެއް ބާއްވަން ތާއިދު ނުކުރައްވާ ކަމަށް ޝާހު ވިދާޅުވިއެވެ.
12Mps ah bayinsaafun nimunthah nimmi muassasaathakugai thihbevi bayfulhunge no confidence votakah dhaan midhanee thayyaaru vamun.
— Ali Shaah (@MPShaah) December 20, 2018
Hushahelhi faiva PG ge no confidence vote kuriyah nugen goss dharuge medhu therain evess jalsaa eh baavan thaaeedeh nukuran.
ޝާހު އެގޮތަށް ވިދާޅުވެފައި ވަނީ ސަރުކާރުން މަޖިލީހަށް ހުށަހަޅާފައިވާ ބިލުތައް ފާސްކުރުމަށް ދައުރުން ބޭރުން ޖަލްސާއެއް ބޭއްވުމަށް ގުޅިފައިވާ ޕާޓީތަކުގެ ލީޑަރުން އެއްބަސްވެ ވަޑައިގެންފައިވަނިކޮށެވެ. ސަރުކާރުގެ އަޣުލަބިއްޔަތު މަޖިލީހުގައި އޮވެ، ސަރުކާރުން ބޭނުންވާ ބިލުތައް ފާސްނުވެ މަޖިލިސް ޗުއްޓީއަށް ދިއުމުން، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.