ދަތުރު ގޮސް އުޅެނިކޮށް ގެނބިގެން މަރުވި ހދ. ނޮޅިވަރަންފަރު ކުއްޖާގެ އާއިލާގެ މެމްބަރުންނާ ނައިބު ރައީސް ފައިސަލް ނަސީމް ބައްދަލު ކުރައްވައިފިއެވެ.
ހދ. އަތޮޅުގެ ބައެއް ރަށްރަށަށް ނައިބު ރައީސް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ނޮޅިވަރަންފަރަށް ވަޑައިގެން، މޫދަށް އެރި އުޅެނިކޮށް ގެނބިގެން މަރުވި ފަސް އަހަރުގެ ޝިފާން ބިން މުހައްމަދުގެ އާއިލާއާ ބައްދަލުކުރައްވައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްގެ ތައުޒިޔާ ދަންނަވައިފަ އެވެ.
Vice President @FaisalNasym has visited the family of little boy from HDh. Nolhivaranfaru, who tragically passed away following a drowning incident yesterday.
— Presidency Maldives (@presidencymv) December 21, 2018
He conveyed sincere condolences on behalf of President @ibusolih and on his own behalf.
انا لله ونا اليه راجعون
ނައިބު ރައީސް ފައިސަލް އިތުރުން މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސާރވިސަސް ސިދާތާ ޝަރީފްވެސް ވަނީ އެ އާއިލާއާ ބައްދަލުކުރައްވައި ތައުޒިޔާ ކިޔުއްވާފައެވެ.
ފަސް އަހަރުގެ ޝިފާން ދިއްދޫ ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް އޮތީ މަރުވެފަ އެވެ.