އާއިލާގެ މީހުންނާ އެކު ހއ. އަތޮޅުގެ ފަޅު ރަށެއް ކައިރިއަށް ދަތުރު ގޮސް އުޅެނިކޮށް މޫދަށް ގެންބިގެން ކުޑަ ކުއްޖަކު މަރުވެެއްޖެއެވެ.
ހދ. ނޮޅިވަރަމްފަރު ކައުންސިލްގެ ނާއިބު ރައީސް އަހުމަދު ވަހީދު ވިދާޅުވީ ދަތުރުދިޔައީ ދިއްދޫ ކައިރި އޮންނަ ކުޑަ ރަށުގެ ފަސްގަނޑަށް ކަމަށާއި އެ ދަތުރުގައި 60 ވަރަކަށް މީހުން ދިޔަ ކަމަށެވެ. ދިއްދޫ ހޮސްޕިޓަލަށް ގެންދިޔަތާ 45 ވަރަކަށް މިނެޓް ތެރޭގައި ކުއްޖާ މަރުވެފައިވާ ކަމަށް ޑޮކްޓަރު ވިދާޅުވެފައި ވާ ކަމަށް ވެސް އަހުމަދު ވިދާޅުވިއެވެ.
ހއ. ދިއްދޫ ހޮސްޕިޓަލް ހިންގެވުމާ ވަގުތީ ގޮތުން ހަވާލުވެ ހުންނެވި މުހައްމަދު ހާޝިމް ވިދާޅުވީ އެ ކުއްޖާ ހޮސްޕިޓަލަށް ގެންދިޔައީ ބުރާސްފަތި ދުވަހުގެ 11:50 އެހާކަންހާއިރު ކަމަށާއި ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް އެކުއްޖާ މަރުވެފައި ވާކަމަށެވެ.
ނިޔާވެފައި ވަނީ ނޮޅިވަރަމްފަރު ވީރެސް އުމުރުން 5 އަހަރުގެ ޝިފާން މުހައްމަދު ކަމަށް ހާޝިމް ވިދާޅުވިއެވެ
ފުލުހުން ބުނީ އެފަދަ ހާދިސާއެއް ހިނގައިގެން އުޅޭ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. ނަމަވެސް ތަފްސީލް އަދި ހާމަކުރެވެން ނެތް ކަމަށެވެ.