މަދަނީ ޖަމިއްޔާތަކުގެ ފެއަރ ބާއްވާނެ ގޮތާއި މެދު ހިޔާލު ހުށަހެޅުމުގެ ފުރުސަތު ހޯމް މިނިސްޓްރީން ހުޅުވާލައިފިއެވެ.
ހޯމް މިނިސްޓްރީން ބުނީ މިފެއަރ ބާއްވާނެ ގޮތާއި މެދު ހިޔާލު ހުށަހަޅާ ފެއަރގެ ކަންކަމުގައި ހަރަކާތްތެރިވުމުގެ ފުރުސަތު ރާއްޖޭގެ ހުރިހާ ޖަމިއްޔާ ޖަމިއްޔާތަކަށް ހުޅުވާލާފައިވާ ކަމަށެވެ.
ހޯމް މިނިސްޓްރީން ބުނީ މަދަނީ ޖަމިއްޔާތަކުގެ ފެއަރ ކުރިއަށް ގެންދާނެ ގޮތާއިމެދު ހިޔާލު ހުށަހަޅާ ފެއަރގެ ކަންކަމުގައި ހަރަކާތްތެރިވާން ބޭނުންފުޅުވާ ޖަމްއިއްޔާތަކުން ޝައުގުވެރިކަންފާޅުކޮށް އެކަން އީމެއިލް [email protected] ނުވަތަ ރަސްމީ ގަޑީގައި މިނިސްޓްރީގެ ފޯނުން ގުޅުވުމަށް އެދޭ ކަމަށެވެ. އަދި ހިޔާލު ހުށަހެޅުމުގެ ސުންގަޑިއަކީ މިމަހުގެ 25 ވަނަ 12:00 ކަމަށް އެމިނިސްޓްރީން މައުލޫމާތުދެއެވެ.
މަދަނީ ޖަމިއްޔާތަކުގެ މަސައްކަތް އާންމުންނަށް ހިއްސާކޮށް، އާ މެންބަރުން ހޯދާ ކުންފުނިތަކަށް ދައުވަތުދީގެން އެއްތަނަކުން ޖަމިއްޔާތަކުގެ އެކި މަޝްރޫއުތަކަށް ޕްރޮޕޯސަލް ހުށަހެޅުމަށް މަގުފަހިކޮށްދިނުމަށްޓަކައި މަދަނީ ޖަމިއްޔާތަކުގެ ފެއަރ އެއް ބޭއްވުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ 100 ދުވަހުގެ ލަނޑުދަނޑިތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.