ރައްޔިތުންގެ މަޖިލިސް ކުރިއަށް ގެންދާނެ ގޮތާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވުމަށް ސަރުކާރު ހިންގާ ކޯލިޝަނުގެ ބައްދަލުވުމެއް ބުދަ ދުވަހު ބާއްވަން ނިންމަވައިފިއެވެ.
ރައީސް އޮފީހުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވީ ސަރުކާރުން ހިންގާ ކޯލިޝަނުގައި ހިމެނޭ ލީޑަރުންގެ ބައްދަލުވުމުގައި މަޖިލިސް ކުރިއަށް ގެންދާނެ ގޮތާ ގުޅޭ ގޮތުންނާއި އިތުރުން އެހެނިކަން ބައެއް ކަންކަމާ ވެސް މަޝްވަރާ ކުރައްވާނެ ކަމަށެވެ.
ވިދާޅުވީ ހަތަރު ލީޑަރުން ކުރައްވާ މަޝްވަރާތަކަށް ފަހު އެ ކަމުގެ މައުލޫމާތު މީޑިޔާތަކާ ވެސް ހިއްސާ ކުރައްވާނެ ކަމަށެވެ. ރައީސް ވިދާޅުވީ މި ސަރުކާރު ދެމި އޮންނާނީ ކޯލިޝަން ސަރުކާރެއްގެ ގޮތުގައި ކަމަށެވެ. އަދި އެހެންމެ އެމަނިކުފާނަށް ރައްޔިތުން ދެއްވި ވޯޓުގެ މަތިން ހަނދާން ނައްތާ ނުލައްވާނެ ކަމަށް ވިދާޅުވާ ބަސްފުޅު މި ނިއުސްކޮންފަރެންގައި ތަކުރާރު ކުރެއްވިއެވެ.
"އަޅުގަނޑު ރައްޔިތުން އިންތިހާބުކުރި ގޮތް އަޅުގަނޑަށް ވަރަށް ސާފު. އެހެންވީމަ އެގޮތުގެ މަތީގައި އަޅުގަނޑު ދެމިހުންނާނީ،" ރައީސް ވިދާޅުވި އެވެ.
މަޖިލީހުގެ މަސައްކަތްތަކާމެދު މަޝްވަރާ ކުރެއްވުމަށް ކޯލިޝަނުގެ ލީޑަރުން ބައްދަލުކުރެއްވުމަށް ނިންމާފައިވާ މިވަނީ ރައީސް އުފެއްދެވި ރިޔާސީ ކޮމިޝަނަށް ބާރުލިބޭ ބިލަށް ވޯޓަށް ނޭހި ޗުއްޓީއަށް ދާން ޖެހިފައިވަނިކޮށެވެ.
![](https://dyncz33htw1ec.cloudfront.net/posts/1543435807.jpg)
ރައީސް ވަނީ ކޯލިޝަނުގެ އަގުލަބިއްޔަތު މަޖިލީހުގައި އޮވެމެ މެމްބަރުން ހަމަ ނުވެގެން ވޯޓަށް ނޭހުމުން އެކަމާ ހިތާމަ ކުރައްވާ ކަމަށް ވިދާޅުވެފައި އެވެ. އަދި ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބަށް ކޯލިޝަނުން ކުރިމަތިލުމާ މެދު ވެސް ވަނީ ހިޔާލުތަފާތުވުންތަކެއް އުފެދިފައެވެ.