އެމްޑީޕީ ޕްރައިމަރީގައި ވާދަ ކުރުމުގެ ފުރުސަތު ބުދަދުވަހުގެ 4:00 އަށް ހަމަވާ އިރު މިހާރު ވެސް 200 އަށް ވުރެ ގިނަ މީހުން ފޯމް ހުށަހަޅައިފިއެވެ.
ޕްރައިމަރީގައި ވާދަކުރާ ކެނޑިޑޭޓުންނަށް ވޯޓު ލެވޭނީ މި މަހުގެ 7 ވަނަ ދުވަހުގެ 11:00ގެ ކުރިން ޕާޓީގެ މެމްބަރަކަށް ވުމަށް އެދި މެމްބަޝިޕް ފޯމް ހުށަހަޅާފައިވާ ފަރާތްތަކަށް ކަމަށް ވާއިރު ޕްރައިމަރީއާ ދިމާކޮށް 33،000 އަށް ވުރެ ގިނަ މީހުން އެމްޑީޕީއަށް ވަނުމަށް ފޯމް ހުށަހަޅާފައިވެއެވެ.
އަލަށް ގުޅުނު މެމްބަރުންނާ އެކު އެމްޑީޕީގެ މެމްބަރުންގެ އަދަދު 81000 އަށް ވުރެ އިތުރުވެފައި ވާއިރު އެ އެންމެނަށް ޕްރައިމަރީގައި ވޯޓް ލެވޭނެ އެވެ.
މެމްބަރޝިޕް ފޯމު ސައްހަތޯ ބެލުމުގެ މަސައްކަތް ކުރިއަށް ދާއިރު އެ މަސައްކަތް ނިންމުމަށް ފަހު ޕްރައިމަރީގައި ވޯޓުލެވޭ މީހުންގެ ލިސްޓު އަންނަ މަހުގެ 13 ގައި އިއުލާން ކުރާނެ ކަމަށް ޕާޓީ އޮފީހުން މައުލޫމާތު ދެއެވެ.