Advertisement
ކ. މާލެ
|
10 ފެބްރުއަރީ 2017 | ހުކުރު 23:42
އެކްސިޑެންޓުގައި މަރުވި ޒުޥާނާ ދުއްވަން އިން ސައިކަލް
އެކްސިޑެންޓުގައި މަރުވި ޒުޥާނާ ދުއްވަން އިން ސައިކަލް
ރާއްޖެއެމްވީ
ލާމް ލިންކް ރޯޑް
ލ. ގަމުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ޒުވާނަކު މަރުވެއްޖެ
އެކްސިޑެންޓްގައި މަރުވީ 27 އަހަރުގެ ޒުވާނަކު

ލާމް ލިންކް ރޯޑުގައި ނުރައްކާތެރި އެކްސިޑެންޓެއް  ހިނގައި ޒަހަމްވި ޒުވާނާ މަރުވެއްޖެއެވެ.

ފުލުހުން ބުނީ ހުކުރު ދުވަހު ހަވީރު 17:30 ހާއިރު ދެ ސައިކަލް ޖެހި ހިނގި އެކްސިޑެންޓްގައި 27 އަހަރުގެ ޒުވާނަކު މަރުވި ކަމަށެވެ. ރާއްޖެއެމްވީ އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މަރުވީ މުހައްމަދު ރިފްޝާނު ކިޔާ ޒުވާނެކެވެ.

ގަމު ރީޖަނަލް ހޮސްޕިޓަލުން ބުނީ ރިފްޝާން ހޮސްިޓަލަށް ގެންދިޔަ އިރު ވެސް އޮތީ މަރުވެފައި ކަމަށެވެ. ރިފްޝާންގެ އިތުރުން ޒަހަމްވި އެހެން ޒުވާނަކަށް ވެސް ދަނީ ހޮސްޕިޓަލުގައި ފަރުވަދެމުނެވެ.

މި އެކްސިޑެންޓް ހިނގާފައި ވަނީ ލާމް ލިންކް ރޯޑްގެ ކުރިހިންނެ އާއި ހިސާބުންނެވެ.

ފުލުހުން ދަނީ މިކަން ތަހްގީގް ކުރަމުނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް