އެކިއެކި މައްސަލަތައް ދިމާވެފައިވާ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ޗެރިޓީ ފައުންޑޭޝަން ބަންްދުކުރުމަށް އެއްބަސްވެއްޖެއެވެ.
ފަންޑު ބަންދުކޮށްފައިވަނީ އެ ފަންޑުގެ ފައިސާ ނަހަމަ ގޮތުގައި ބޭނުންކޮށްފައިވާ ކަމުގެ ތުހުމަތުކުރެވިފައިވަނިކޮށެެވެ.
ފަންޑު ބަންދުކުރާކަން އިއުލާނުކުރައްވާފައި ވަނީ ނިއުޔޯކްގެ އެޓަރނީ ޖެނެރަލް ބާބަރާ އަންޑަރވުޑްއެވެ. އެ ފަންޑުގައި ބާކީހުރި ފައިސާ ހޭދަކުރަމުންދާ ގޮތް ދެން ބައްލަވާނީ ބާބަރާއެެވެ.
އެކަމަނާވަނީ ރައީސް ޓްރަމްޕްއާއި އެ މަނިކުފާނުގެ ދޮށީ ތިން ދަރިކަލުން އެ ފަންޑުގެ ފައިސާ އަމިއްލަ ކަންކަމާއި ސިޔާސީ މަންފާއަށް ބޭނުންކުރައްވާފައިވާކަމަށް ތުހުމަތުކުރައްވާފައެވެ.
ފައުންޑެޝަންގެ ވަކީލުވަނީ އެކަމަނާ އެކަން ސިޔާސީ ކުރައްވަން މަސައްކަތްކުރައްވާކަމަށް ތުހުމަތުކުރައްވާފައެވެ.
މި މައްސަލައާއެކު ރައީސް ޓްރަމްޕްއާއި އެމަނިކުފާނުގެ ޢާއިލާއަށް މިވަގުތު ކުރިމަތިވެވަޑައިގެންފައިވާ ގާނޫނީ ގޮންޖެހުންތަކުގެ އަދަދު ހަޔަކަށް އަރައެވެ.
ނިއުޔޯކްގެ އެޓަރނީ ޖެނެރަލް ބާބަރާ ވަނީ ރައީސް ޓްރަމްޕްއާއި އެމަނިކުފާނުގެ ބޭފުޅުންކަމަށްވާ އިވަންކާ ޓްރަމްޕް އަދި އެރިކްގެ މައްސަލަ ކުރިޔަށް ގެންދަވާނެކަމަށެވެ.