ކ. މާލެ
|
18 ޑިސެންބަރ 2018 | އަންގާރަ 17:38
2017 ވަނަ އަަހރުގެ މަޓާޓޯ ގެސްޓް ހައުސް އެޑިޝަން އެވޯޑް ހަފްލާގެ ތެރެއިން
2017 ވަނަ އަަހރުގެ މަޓާޓޯ ގެސްޓް ހައުސް އެޑިޝަން އެވޯޑް ހަފްލާގެ ތެރެއިން
މުހައްމަދު ޝަރުހާން
މަޓާޓޯ ޓްރެވަލް އެވޯޑްސް
މަޓާޓޯ ޓްރެވަލް އެވޯޑްސްގެ ގާލާ އެޑިޝަން މި މަހު
އިވެންޓުގައި 25 ދާއިރާއަކުން އެވޯޑްތައް ދެވިގެންދާނެ
ޓޫރިޒަމް އިންޑަސްޓްރީއާ ގުޅުންހުރި 200 އަށްވުރެ ގިނަ ފަރާތުން ބައިވެރިވާނެ

މަޓާޓޯ މޯލްޑިވްސް ޓްރެވަލް އެވޯޑްސްގެ ގާލާ އެޑިޝަން މި މަހު 27 ވަނަ ދުވަހު ޕެރެޑައިސް އައިލެންޑް ރިސޯޓުގައި ބާއްވަން ނިންމައިފިއެވެ.

މި ހަފްލާގައި ޓޫރިޒަމް އިންޑަސްޓްރީއާ ގުޅުން ހުރި 200 އަށް ވުރެ ގިނަ ފަރާތުން ބައިވެރިވާނެ އިރު މި އިވެންޓުގައި 25 ދާއިރާއަކުން އެވޯޑްތައް ދެވިގެންދާނެއެވެ.

މަޓާޓޯގެ ފަރާތުން އިތުރަށް ބުނީ މި އަހަރު ރެކޯޑް އަދަދަކަށް ހުރިހާ ދާއިރާއަކަށް ވެސް ނޮމިނޭޝަންތައް ލިބިފައިވާ ކަމަށާއި އެގޮތުން 200 އަށް ވުރެ ގިނަ ފަރާތްތަކުން ނޮމިނޭޝަން އަށް ކުރިމަތިލާފައިވާ ކަމަށެވެ. އަދި އެކި ދާއިރާތަކަށް ހޮވުނު ފަރާތްތައް ހޮވާފައިވަނީ ޖަޖުންގެ މާރކްސްއާ އެސްއެމްއެސް ވޯޓިންގްއާ އޮންލައިން ޕްލެޓްފޯމް މެދުވެރިކޮށް ކަމަށެވެ.

މޯލްޑިވްސް ޓްރެވަލް އެވޯޑްސްއަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ދޭ އެންމެ ޝަރަފްވެރި އެވޯޑެވެ. މީގެ އިތުރުން މިއަހަރު ޕީޕަލްސް އެޑިޝަން އެވޯޑް ވެސް ކުރިއަށްދާނީ ގާލާ ނައިޓްގެ ތެރެއިންނެވެ.

ޕީޕަލްސް އެޑިޝަންއަކީ ފަތުރުވެރިކަމުގެ ދާއިރާގައި ގިނަ ދުވަހު ޚިދުމަތް ކޮށްދީފައިވާ ފަރާތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުން ދޭ އެވޯޑެކެވެ. މި އެވޯޑު މިއަހަރު ފަސް ފަރާތަކަށް ދިނުމަށް ވަނީ ނިންމާފައެވެ. މިއީ މޯލްޑިވްސް ޓްރެވަލް އެވޯޑްސް ބާއްވާ ހަތް ވަނަ އަހަރެވެ. މިއަހަރުގެ މޯލްޑިވްސް ޓްރެވަލް އެވޯޑްސް ބާއްވަނީ 2 ބަޔަކަށް ބަހާލައިގެންނެވެ. އެއީ ގެސްޓްހައުސް އެޑިޝަން އާއި ގާލާއެވެ.

މިދިޔަ އަހަރު މޯލްޑްވިސް ޓްރެވަލް އޯވްޑްސްގެ ގާލާ އެޑިޝަން ބާއްވާފައި ވަނީ އާދަރަން ސެލެކްޓް ހުދު ރަންފުށި ރިސޯޓުގައެވެ. އަދި އެވޯޑުތައް ދީފައިވަނީ ޖުމްލަ 27 ކެޓަގަރީއަކަށް ބަހާލައިގެންނެވެ. މިދިޔަ އަހަރު "ރިކޮގްނިޝަން އޮން ލައިފް ޓައިމް އެޗީވްމަންޓު" ގެ އެވޯޑް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ލިބިފައިވާއިރު "ލައިފް ޓައިމް އެޗީވްމަންޓް" އެވޯޑް ލިބުނީ ބަނޑޮސް އައިލެންޑް ރިސޯޓްގެ ވެރިޔާ މުހައްމަދު ވަހީދުއްދީން އަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް