މާފުށީ ޖަލަށް އެތެރެކުރަން އުޅުނު ގިނަޢަދަދެއްގެ ފޯނާއެކު ހަތަރު މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުންގެ އިދާރާއިން ބުނީ މިއޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ 24 އަހަރުގެ ދެ މީހަކާއި 32 އަހަރުގެ މީހަކާއި 43 އަހަރުގެ މީހެއް ކަމަށެވެ. ފުލުހުންގެ އިދާރާއިން މި އޮޕަރޭޝަން ކުރިއަށް ގެންގޮސްފައިވަނީ ޑިސެމްބަރ 17 ވަނަ ދުވަހުގެ 19:30 ހާއިރު ކަމަށް އެ އިދާރާއިން މައުލޫމާތުދެއެވެ.
ފުލުހުންގެ އިދާރާއިން ބުނީ މި މިއޮޕަރޭޝަންގައި މި ހަތަރު ފިރިހެނުން ހައްޔަރުކޮށްފައިވަނީ މާފުށި ޖަލު ހުންނަ ސަރަޙައްދު ފަޅުތެރެއަށް ލޯންޗު ކައިރިކޮށް މޫދަށް ފައިބައިގެން އެތަކެތި ޖަލަށް އެތެރެކުރުމަށް މަސައްކަތްކުރަމުން ދަނިކޮށް ކަމަށެވެ.
މި ހަތަރު މީހުން ފުލުހުންގެ ބެލުމުގެދަށް ގެންގޮސް ބަލައިފާސްކުރި ކުރުމުން، އެމީހުން ގެންގުޅުނު ދަބަހެއްގެ ތެރެއިން 98 މޮބައިލް ފޯނާއި، 104 ޗާޖަރާއި، 18 ސިމް ކާރޑާއި، 9 ހެޑް ސެޓާއި، 30 ޔޫއެސްބީ ކޭބަލާއި، ފޯނު ބެޓެރީގެ 14 ބެޓެރިއާއި، ޖޮއިސްޓިކެއް ފެނިފައިވާ ކަމަށް ފުލުހުންގެ އިދާރާއިން މައުލޫމާތުދެއެވެ.
މިމައްސަލަ ކ. މާފުށި ޕޮލިސް ސްޓޭޝަނުން ދަނީ އިތުރަށް ތަހުޤީގު ކުރަމުންނެވެ.