އައްޑޫ ސިޓީގައި ދުއްވާފައި ދިޔަ ކާރެއް އަނދާ ހުލިވެއްޖެއެވެ.
ފުލުހުން ބުނީ އައްޑޫ ސިޓީ ހިތަދޫ ލިންކު ރޯޑުގައި ދުއްވާފައި ދިޔަ ކާރެއް ރޯވެގެން ރިޕޯޓު ކޮށްފައިވަނީ ރޭ ދަންވަރު 1:05 ހާއިރު ކަމަށެވެ.
މައުލޫމާތު ލިބިފައިވާގޮތުގައި ކާރުގައި އަލިފާން ރޯވީ ޑޭޝްބޯޑަށް ދިމާވި މައްސަލައަކާއި ގުޅިގެންނެވެ. ޑޭޝް ބޯޑުން ދުންއެރުމާއެކު ކާރު ތެރޭގައި ތިބި މީހުން ވަނީ ކާރުން ފައިބާފައެވެ.
މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައި ނުވާ ކަމަށް ފުލުހުން ބުނެއެވެ.
ކާރުގައި އަލިފާން ރޯވުމަށް ދިމާވި މައްސަލަ ތަހުގީގު ކުރަމުންދާކަމަށް ފުލުހުން ބުނެއެވެ.