އިމާރާތަކުން ވެއްޓުނު ސިމެންތި ބަސްތާއަކުން ޖެހި ޒަހަމްވި ތުއްތު ކުއްޖާ ނިޔާވުމުން، އެކަމުގެ ހަމްދަރުދީ ފާޅުކުރައްވައި، އެ ކުއްޖާގެ އާއިލާއަށް ރައީސުލްޖުމްހޫރިއްޔާ ތައުޒިޔާ ވިދާޅުވެއްޖެއެވެ.
އިންޑިއާގައި ހުންނެވި ރައީސް ސޯލިހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކުޑަ ކުއްޖެއްގެ މަރަށް ވުރެ، ބޮޑު ހިތާމެއެއް ނެތް ކަމަށެވެ.
There is no greater sadness than the passing of a child’s life. My sincere condolences to the parents and family of young Rawshan Jian. May we all learn from this terrible tragedy and resolve to enforce stronger safety measures.
— Ibrahim Mohamed Solih (@ibusolih) December 17, 2018
މ. ނަލަހިޔާ މަންޒިލްގެ ފަސް ވަނަ ބުރިން މިދިޔަ އާދީއްތަ ދުވަހު ވެއްޓުނު ސިމެންތި ބަސްތާ އިން ޖެހި ލިބުނު ޒަހަމްތަކަށް، ފަރުވާދެމުން ދަނިކޮށް އައިޖީއެމްއެޗުގައި ނިޔާވި އުމުރުން އަށް އަހަރުގެ ޖައުޝަން ޖިއަންއަކީ ބަންގްލަދޭޝް ޑޮކްޓަރެއްގެ ދަރިއެކެވެ.
ރައީސް ސޯލިހު ވަނީ އެ ކުއްޖާގެ އާއިލާއަށް ތައުޒިޔާ ވިދާޅުވެ، ހަމްދަރުދީފާޅު ކުރައްވާފައެވެ.
ރައީސް ކުރެއްވި ޓްވީޓު ނިންމަވާލައްވަމުން ވިދާޅުވެފައި ވަނީ އެ ނުރައްކާތެރި ހާދިސާއިން ފިލާވަޅު ލިބިގަނެ، ރައްކާތެރިކަން ވަރުގަދަ ކުރުމަށެވެ.