މާފަންނުގައި ހަދަމުންދާ އިމާރާތެއްގެ މަތިން ސިމެންތި ބަސްތާއެއް ވެއްޓި، ބޮޑެތި އަނިޔާތަކެއް ލިބުނު ކުއްޖާއަށް ފަރުވާ ދެމުންދަނިކޮށް ނިޔާވެއްޖެ ކަމަށް އާއިލާއިން ބުނެފި އެވެ.
ފ. ނިލަންދޫގައި މަސައްކަތްކުރާ ބަންގަދޭޝްގެ ދެ ޑޮކްޓަރުންގެ ހަތް އަހަރުގެ އަންހެން ކުއްޖާ ނިޔާވީ، އާއިލާއިން ބުނި ގޮތުގައި މެންދުރު 12:45 ހާއިރު އެވެ.
އެ ކުއްޖާ ނިޔާވީ އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާ ދެމުންދަނިކޮށެވެ. އިއްޔެ ހެނދުނު ސިމެންތި ބަސްތާއިން ޖެހި އަނިޔާ ލިބުނު ކުއްޖާ، ހަ ގަޑިއިރު އޮޕަރޭޝަނެއް އިއްޔެ ކުރި އެވެ. އަދި ރޭ މެންދަމު ވެސް އެއްގަޑިއިރުގެ އޮޕަރޭޝަނެއް ކުރި އެވެ.
ސިމެންތި ބަސްތާ ވެއްޓުނު މައްސަލައިގައި އިހްމާލުވާ ފަރާތްތަކާމެދު ފިޔަވަޅު އަޅާނެ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.