ކޮންސްޓްރަކްޝަން ކުންފުނިތަކަށް ކުރިމަތިވެފައިވާ ދަތިތައް ސިޓީ ކައުންސިލަށް ހުށައަޅަން ހުޅުވާލައިފިއެވެ.
ހޯމަ ދުވަހު ހެނދުނު ކޮންސްޓްރަކްޝަން ކުންފުނިތަކާއެކު ސިޓީ ކައުންސިލުން ބޭއްވި ބައްދަލުވުމެއްގައި ޑެޕިއުޓީ މޭޔަރު ޝަމާއު ޝަރީފު ވިދާޅުވީ އިމާރަތްކުރުމުގެ ދާއިރާގައި ހުރި ގޮންޖެހުންތަކާއި ދިމާވާ އެކިއެކި އުނދަގޫތަކަށް ހައްލެއް ގެނައުމަށް ބޭނުންވާ ކަމަށެވެ. އެފަދަ ކަންކަން ބުރާސްފަތި ދުވަހުގެ ނިޔަލަށް ހުށަހެޅުމަށް އޭނާ އެދިވަޑައިގަތެވެ.
މާލޭ ސިޓީ ކައުންސިލުގެ މޭޔަރ ޝިފާ މުހައްމަދު ވިދާޅުވީ، ރާއްޖޭގައި އިމާރަތް ކުރުމުގެ ދާއިރާގައި ހުރި ދަތިތައް ހައްލުކުރާއިރު، ކުންފުނި ތަކާއި، ކަމާބެހޭ މުއައްސަސާތަކާއި އަދި ރައްޔިތުންގެ އަޑުވެސް އައްސަވާނެ ކަމަށެވެ.
އިމާރާތްކުރުމުގެ ދާއިރާގައި ހަރަކާތްތެރިވާ ކުންފުނިތަކަށް ދިމާވާ ދަތިތައް ސިޓީ ކައުންސިލުގެ މެއިލް ([email protected]) އަށް ވެސް ފޮނުވޭނެ އެވެ.
ސިޓީ ކައުންސިލުން ކޮންސްޓްރަކްޝަން ކުންފުނިތާ ބައްދަލުކުރީ ސިމެންތި ބަސްތާއެއް ވެއްޓި ކުޑަކުއްޖަކަށް ވަރަށް ބޮޑެތި ޒަހަމްވުމާއެކު، ކޮންސްޓަރަކްޝަން ސައިޓްތަކާމެދު އާންމުންގެ ޝަކުވަތައް ދަނީ އިތުރުވަމުންނެވެ.