ރާއްޖޭގައި އިންސާނީ ހައްގުތައް ކުރިއަރުވާނެ ގޮތްތަކާއި ގުޅޭ ގޮތުން ޖަރުމަނުވިލާތުން ރާއްޖެއާއި ސްރީ ލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖޯން ރޯޑްއާއިއެކު ރައީސް މުހައްމަދު ނަޝީދު މަޝްވަރާކުރައްވައިފިއެވެ.
އެމްޑީޕީ އޮފީހުގައި ބޭއްވި ބައްދަލުވުމުގައި ޖޯން ރޯޑް އާއި ރައީސް މުހައްމަދު ނަޝީދު އާއި ދެ ބޭފުޅުން މަޝްވަރާކުރައްވާފައިވަނީ ރާއްޖޭގައި އިންސާނީ ހައްގުތައް ކަށަވަރުކޮށްދިނުމާއި، ޑިމޮކްރަސީ ކުރިއެރުވުމުގައި ދެ ގައުމަށް އެކީގައި މަސައްކަތް ކުރެވިދާނެ ގޮތްތަކާއި ގުޅޭ ގޮތުން ކަމަށް އެމްޑީޕީން ބުނެ އެވެ.
![](https://dyncz33htw1ec.cloudfront.net/posts/1545029010.jpg)
މި ބައްދަލުކުރެއްވުމުގައި އެމްޑީޕީގެ ޗެއަރޕާސަން ހަސަން ލަތީފް އާއި، ޕާޓީގެ ސެކްޓްރީ ޖެނެރަލް އަނަސް އަބްދުއްސައްތާރު ބައިވެރިވި އެވެ.
ޕޮލެންޑްގައި ބޭއްވި ތިމާވެށީގެ ބައްދަލުވުމެއް ކަމަށްވާ ކޮޕް 24 ސަމިޓްގައި ބައިވެރިވެ ވަޑައިގަތުމަށްފަހު ރައީސް މުހައްމަދު ނަޝީދު އެނބުރި ރާއްޖެ ވަޑައިގެންފައިވަނީ އާދީއްތަ ދުވަހުއެވެ.