އިސްލާމީ މަރުކަޒުގެ އިމާމަކަށް މިނިސްޓަރުގެ ނައިބު ފެންވަރުގައި ބޭފުޅަކު އަދި، ހެލްތު މިނިސްޓްރީއަށް ނައިބަކު އައްޔަން ކުރައްވައިފިއެވެ.
މަސްޖިދުއްސުލްޠާން މުޙައްމަދު ތަކުރުފާނުލްއަޢުޒަމުގެ އިމާމުގެ މަޤާމަށް ޢައްޔަން ކުރައްވާފައި ވަނީ، ހދ. ކުޅުދުއްފުށި، ސަބުނަމީގެ، ޝައިޚް އިބްރާހީމް ރަޝީދު ޙަސަންއެވެ.
ހެލްތު މިނިސްޓްރީގެ ނައިބުގެ މަޤާމަށް ޢައްޔަން ކުރައްވާފައި ވަނީ އައްޑޫ ސިޓީ ފޭދޫ، ޕިންކްހައުސް، ޝިޔާމާ މުޙައްމަދެވެ.
ރައީސް ސޯލިހުގެ ސަރުކާރުގެ އެކި ވުޒާރާތަކަށް މިނިސްޓަރުގެ ނައިބު ފެންވަރުގައި އައްޔަން ކުރައްވާފައިވާ ބޭފުޅުންގެ އަދަދަކީ 37 އެވެ.
މިނިސްޓަރުގެ ނައިބަށް މުސާރަ އާއި އެލަވަންސްގެ ގޮތުގައި ކޮންމެ މަހަކު ލިބިވަޑައިގަންނަ ވާނީ 35،500ރ. އެވެ. އެއީ 20،500ރ. ގެ މުސާރަ އާއި 15،000ރ. ގެ އެލަވަންސެކެވެ.