މޯލްޑިވްސް މީޑިޔާ ކައުންސިލްގެ އިންތިހާބު ހޮނިހިރު ދުވަހު ބާއްވާފައިވާ އިރު، އެ ކައުންސިލްގެ ރައީސަކަށް ހަފްތާ އޮންލައިންގެ ހިދާޔަތުﷲ އަދި ނާއިބަކަށް ސަން މީޑިއާ ގްރޫޕްގެ އަހުމަދު އާޒިފް ހޮވައިފިއެވެ
މޯލްޑިވްސް މީޑިޔާ ކައުންސިލްގެ އިންތިހާބު ހޮނިހިރު ދުވަހު ހޯމް މިނިސްޓްރީގައި ބާއްވާފައި ވާއިރު ހިދާޔަތުﷲ އާއި އާޒިފް އެ މަގާމުތަކަށް ހޮވިފައި ވަނީ ކައުންސިލް މެމްބަރުންގެ ތެރޭގައި ނެގުނު ވޯޓުންނެވެ.
ކުރިއަށް ގެންދިޔަ މީޑިއާ ކައުންސިލްގެ އިންތިހާބުގައި އެ ކައުންސިލުގައި މީޑިއާތައް ތަމްސީލު ކުރާ އަށް މެންބަރުންގެ ތެރެއިން ހަތް މެންބަރުންގެ މަޤާމަށާއި އާއްމުން ތަމްސީލު ކުރާ ހަތް މެންބަރުންގެ މަޤާމަށް މީހުން އިންތިޚާބު ކޮށްފައިވެއެވެ.
މި އިންތިޚާބުގައި 95 މީޑިއާ އަކުން ވޯޓު ދީފައިވާ އިރު، މީޑިޔާތައް ތަމްސީލު ކުރާ މެންބަރުންގެ ގޮތުގައި މީޑިޔާ ކައުންސިލަށް އިންތިޚާބުވެފައިވާ ފަރާތްތަކަކީ
އަޙުމަދު އާޒިފް، ސަން މީޑިޔާ ގްރޫޕު: 89 ވޯޓް
ޝިފްޒާ މުސްތަފާ، ވީމީޑިޔާ: 86 ވޯޓު
އަޙުމަދު ޖަދުޢާން، ޕަބްލިކް ސަރވިސް މީޑިޔާ: 83 ވޯޓު
އަޒްމީ އަލީ، މިދުވަސް އޮންލައިން: 82 ވޯޓު
ހިދާޔަތުﷲ، ހަފްތާ އޮންލައިން: 80 ވޯޓު