ނަލަހިޔާ ކައިރިން ހިނގާފައި ދިޔަ ކުޑަ އަންހެން ކުއްޖެއްގެ ބޮލަށް ސިމެންތި ގޯންޏެއް ވެއްޓި އަނިޔާވެއްޖެއެވެ.
މިއަދު ހިނގި މި ހަދިސާއާ ގުޅިގެން އާންމުވެފައިވާ ސީސީޓީވީ ފުޓޭޖް އިން ފެންނަ ގޮތުގައި ކުޑަ އަންހެން ކުއްޖެއް އަންހެނަކާ އެކު އެ ސަރަހައްދުން ހިނގާފައި ދަނިކޮށް މަތިން ސިމެންތި ގޯންޏެއް ވެއްޓޭތަން ފެނެއެވެ. އަންހެން މީހާއަށް އެއްވެސް އަނިޔާއެއް ލިބިފައި ނުވި ނަމަވެސް ސޮމެންތި ގޯނި ވެއްޓެނީ އެ ކުއްޖާގެ ބޮލަށެވެ. ވީޑިއޯ އިން ފެންނަ ގޮތުގައި އެ ކުއްޖާގެ ހަށިގަނޑުގައި އެއްވެސް ކަމެއް ނެތެވެ. އަދި ފައި ވެސް އޮތީ ބިނދިފައި ކަހަލަ ގޮތަކަށެވެ. އެ ސަރަހައްދުގައި ބަސްތާތަކެއް ޖަހައި އަދި މަސައްކަތްކުރާ ކަމުގެ އިންޒާރުގެ ބޯޑު ވެސް ހުއްޓެވެ.
މި ހާދިސާއާ ގުޅިގެން އައިޖީއެމްއެޗުން ބުނެފައި ވަނީ އަނިޔާވެފައި ވަނީ ނުވަ އަހަރުގެ އަންހެން ކުއްޖަކަށް ކަމަށާއި، އެކުއްޖާ ހޮސްޕިޓަލަށް ގެންދިޔައީ އާދިއްތަ ދުވަހު 11:15 ހާއިރު ކަމަށެވެ. އަދި އެ ކުއްޖާއަށް ޑޮކްޓަރުން ފަރުވާދެމުންދާ ކަމަށާއި، އެކުއްޖާގެ ހާލަތާ ބެހޭ ގޮތުން މިވަގުތު އެއްޗެއް ބުނެވެން ނެތް ކަމަށް އައިޖީއެމްއެޗުން ބުނެފިއެވެ.
މި ހާދިސާ ފުލުހުންނަށް ރިޕޯރޓް ކޮށްފައި ވަނީ މިއަދު ހެނދުނު 10:45 ގައި ކަމަށް ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލަކު ވަނީ ވިދާޅުވެފައެވެ.