ދިވެހިންގެ ސަލާމަތާއި ރައްކާތެރިކަން އެންމެ ބޮޑަށް ގުޅިފައިވަނީ އަވައްޓެރި އިންޑިއާއާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިންޑިއާއަށް ކުރައްވާ ދަތުރުފުޅާއި ގުޅިގެން އާދިއްތަ ދުވަހު ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއަށް ކާމިޔާބު ދަތުރަކަށް އެދިލައްވާ ކަމަށާއި، ޝައްކެއް ނެތް ގޮތުގައިވެސް މި ދަތުރުފުޅުގެ ސަބަބުން ދިވެހިންނަށް އިތުރު ކާމިޔާބީ ލިބިގެންދާނެ ކަމަށެވެ.
Raees Ibrahim Mohamed Solih ah baajjaveri adhi kamiyaab dhathurufulhakah edhen.Raajjeyge tharaqee aai Dhivehinge salaamathai rakkaatherikan enme bodah gulhifaivanee India aai.Shakkeh neiy gothugai Raeesul Jumhooriya ge mi dhathurufulhun Dhivehinnah ithuru kamiyaabee libigendhaane
— Mohamed Nasheed (@MohamedNasheed) December 16, 2018
އިންޑިއާއަށް ކުރައްވާ ދަތުރުފުޅުގައި ރާއްޖޭގެ ތަރައްގީގެ މަޝްރޫއުތައް ހިންގުމަށާއި، އާ އިންވެސްޓްމެންޓްތައް ގެނައުމަށް މަޝްވަރާތަކެއް ކުރައްވާނެ ކަމަށް ރައީސް ސޯލިހް ވަނީ ވިދާޅުވެފައެވެ.
ރައީސް ސޯލިހް ރާއްޖެއިން ބޭރަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅުގައި ފޮރިން މިނިސްޓަރު އަބުދުﷲ ޝާހިދާއި، ފައިނޭންސް މިނިސްޓަރު އިބްރާހިމް އަމީރާއި، އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލްގެ އިތުރުން ޕްލޭނިންގ އެންޑް އިންފްރާ ސްޓްރަކްޗަރ މިނިސްޓަރ މުހައްމަދު އަސްލަމްގެ އިތުރުން ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ބައިވެރިވެވަޑައިގެންނެވި އެވެ.