ދިވެހިރާއްޖެ އިން އިންޑިޔާއަށް ކަނަޑައަޅާ ސަފީރު ކަމަށް ބޭފުޅަކު ޢައްޔަނު ކުރައްވައިފިއެވެ.
އިންޑިޔާ އަށް ދިވެހިރާއްޖެ އިން ކަނަޑައަޅުއްވާފައި ހުންނަވާ ސަފީރުކަމަށް ޢައްޔަނު ކުރެއްވީ ހެންވޭރު ދޫރިހާ، ޢާއިޝަތު މުޙައްމަދު ދީދީ އެވެ. މިދިޔަ ބުދަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އޭނާ ސަފީރު ކަމަށް އައްޔަން ކުރަން ފާސްކުރީ 60 މެމްބަރުންގެ ވޯޓުންނެވެ.
އިންޑިއާގެ ސަފީރު ކަމަށް ބޭފުޅަކު އައްޔަން ކުރައްވާފައި ވަނީ ރައީސް ސޯލިހު އިންޑިއާ އަށް ދަތުރުފުޅު ފައްޓަވާފައި ވަނިކޮށެވެ.
މީގެ އިތުރުން ރައީސް އިއްޔެ ވަނީ ތިން ސްޓޭޓް މިނިސްޓަރުން ވެސް އައްޔަން ކުރައްވާފައެވެ. އެ ގޮތުން މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހޯމް އެފެއާޒްގެ މަޤާމަށް ފުވައްމުލަކު ސިޓީގެ ދިގުވާނޑު، ނޫރުވާދީ، ޢަލީ ނަޒީރާއި، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފިނޭންސްގެ މަޤާމަށް، ގަލޮޅު އަލިޝާ، އަޙްމަދު ޝަރީފާއި، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ޓްރާންސްޕޯޓް އެނޑް ސިވިލްއޭވިއޭޝަންގެ މަޤާމަށް، މާފަންނު އުނިމާ އަޙްމަދު ޢާދިލް ވަނީ އައްޔަން ކުރައްވާފައެވެ. ސިޔާސީ މަގާމުތަކަށް ބޭފުޅުން އައްޔަން ކުރައްވަނީ ގުޅިފައިވާ ޕާޓީތަކުގެ މެދުގައި ވެފައިވާ އެއްބަސްވުމާ އެއްގޮތަށެވެ.