މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އަށް ރައީސާއި ނައިބު ރައީސަކު ހޮވުން ކުރުން އާދީއްތަ ދުވަހު ބާއްވާ ގޮތަށް ހަމަޖެހިއްޖެއެވެ.
ޖުމުލަ 15 މެމްބަރުންގެ މައްޗަށް އެކުލެވޭ މީޑިއާ ކައުންސިލަށް ހޮނިހިރު ދުވަހު އިންތިޚާބު ކޮށްފައި ވަނީ ނޫސްވެރިންގެ ތެރެއިން ހަތް ފަރާތަކާއި، އާންމުންގެ ފަރާތުން ހަތް ފަރާތެކެވެ. މީޑިއާ ކައުންސިލަށް އަށް މެމްބަރުން ނޫސްވެރިންގެ ތެރެއިން ހޮވާއިރު ހަތް މެމްބަރުން ހޮވާފައި ވަނީ މެމްބަރުންގެ ތެރެއިން ދައުރު ހަމަނުވާ އެއް މެމްބަރަކު ހުރުމުންނެވެ. ދައުރު ހަމަނުވަނީ ރާއްޖެޓީވީގެ އަލީ ޔޫސުފްގެއެވެ.
މީޑިއާތަކުން ހޮވުނު މެމްބަރުން:
އަހްމަދު އާޒިފް (ސަން އޮންލައިން) 89 ވޯޓު
ޝިފްޒާ މުސްތަފާ (ވީޓީވީ) 86 ވޯޓު
އަހްމަދު ޖަދުވާން (ޕީއެސްއެމް) 85 ވޯޓު
އަޒްމީ އަލީ (މިދުވަސް އޮންލައިން) 82 ވޯޓު
ހިދާޔަތުﷲ (ހަފްތާ) 80 ވޯޓު
އަލީ އަހްސަން (ދި އިސްލާމް) 73 ވޯޓު
އަލީ ރިފްޝާން (ފެންވަރު އޮންލައިން) 70 ވޯޓު
އާންމުންގެ ތެރެއިން ހޮވުނު މެމްބަރުން:
އަބްދުއްލަތީފް އަހްމަދު (ދަފްތަރު ނަންބަރު 2345 މާލެ) 79 ވޯޓު
ހިސާން ހަސަން (މ. ރާޅުވެލި، މާލެ) 73 ވޯޓު
އަހްމަދު އަމީން މުހައްމަދު (ރިހިދޯދި، ގދ. ފިޔޯރީ) 72 ވޯޓު
ފާތިމަތު ސައުޒަން ހުސައިން (ދަފްތަރު ނަމްބަރު 8840) 70 ވޯޓު
އާތިފް އަބްދުލްހަކީމް (ދަފްތަރު ނަމްބަރު 9940 މާލެ) 67 ވޯޓު
ރިފާޢަތު ރަޝީދު (ވާދީއާގެ، ގއ. ވިލިނގިލި) 64 ވޯޓު
ޝީރީން ނާހިދާ ލަތީފް (ގ. ނޫމަރާވިލާ، މާލެ) 60 ވޯޓު
މީޑިއާ ކައުންސިލުގެ މެމްބަރުންގެ ދައުރެއްގެ މުއްދަތަކީ މީލާދީ ދެ އަހަރެވެ. އެއްވެސް މެމްބަރަކަށް ވިދިވިދިގެން ދެ ދައުރު އަދާ ނުކުރެވޭނެ ކަމަށް މީޑިއާ ކައުންސިލުގެ ގާނޫނުގައި ބަޔާންކޮށްފައި ވެއެވެ.