އެއީ މީގެ އަށް އަހަރު ކުރިއެވެ. ދިވެހި ގައުމާއި، ރައްޔިތުންގެ ހައްގުގައި މަސައްކަތް ކުރާނެ ޓީމެއް މިގައުމަށް ވުޖޫދުވި ދުވަހެވެ. ގައުމު އަމާން މިސްރާބަކަށް ގެންދިއުމަށް ބާރު އަޅައި، ސަރުކާރު ހަރުދަނާކޮށް ޒިންމާދާރު ކުރުމަށާއި، ދިވެހި ރައްޔިތުންގެ ހައްގުގައި ޖެހިލުމެއް ނެތި ބަސްބުނުމަ މިހާރުވެސް ދެމިތިބީ ހަމަ މިހިތްވަރު ގަދަ ސްޓޭޝަންގެ މުއައްޒަފުންނެވެ.
އާދެ! 15 ޑިސެންބަރު 2010 ވަނަ ދުވަހުގެ އަލިވިލުނީ ރާއްޖެޓީވީގެ ޚިދުމަތާއިއެކުއެވެ. މީހާ މީހަކަށް ވަނީ މީހަކަށް ހޭދީމައޭ ބުނާ ފަދައިން ރާއްޖެޓީވީގެ ހިޔާވަހިކަމުގެ ދަށުން އެތައް ބަޔަކު ތަމްރީނުވެ، ގައުމުގެ އެކި ދިމަދިމާލުގައި މިއަދު މަސައްކަތް ކުރަމުންދެއެވެ. މިއީވެސް ރާއްޖޭޓީވީއަށް ލިބޭ އުފަލެކެވެ. މިއަދު ރާއްޖެޓީވީއަށް 8 އަހަރު ފުރިފައިވާއިރު، މި ސްޓޭޝަނާއި މި ސްޓޭޝަނުގެ މުވައްޒަފުން ވަނީ ތަފާތު އެކިއެކި ހަރުފަތްތައް ގިރާ ކޮށްފައެވެ.
ބިރުވެރިކަމާއި، ނަމާން ކަމެވެ. ޖަލުގެ ކުޑަގޮޅިއާއި، އަނިޔާވެރިކަމެވެ. ނަމަވެސް މިހުރިހާ ކަމަށްވުރެ ސްޓޭޝަންއާ މުއައްޒަފުންގެ ހިތްވަރު ދަމަހައްޓައިދިނީ ރައްޔިތުންގެ ފަރާތުން ލިބެމުންދިޔަ ލޮތްބާއި، ކުލުނެވެ. އޭރުވެސް، މިހާރުވެސް ރާއްޖެޓީވީގެ ފަހަތުގައި ވަނީ ހަމަ ތިޔަ ރައްޔިތުންނެވެ.
ރާއްޖެޓީވީއަށް 8 އަހަރު ފުރުމާއެކު ރައްޔިތުން ދަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުން އުފާވެރިކަމުގެ ތަފާތު އެކިއެކި މެސެޖް ފޯރުކޮށްދީ މުއައްޒަފުންނަށް ހިތްވަރު ދެމުންނެވެ.
އެގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުވެސް ވަނީ ދުވަހުގެ ތަހުނިޔާ ސްޓޭޝަންގެ ވެރިންނާއި ހުރިހާ މުއައްޒަފުންނަށް ދަންނަވާފައެވެ.
RaajjeTV ge 8 vana aharee dhuvahuge munaasabathugai station ge verinnai hurihaa muvazzafunnah thahniyaa dhannavan. Varah dhathi undhagulugai ves minivan noosverikan rajjeygai dhamahattan @Raajje_tv in kendineylhi kuramun gendhiya masaiykathah assaribahaai saabas.
— Ibrahim Mohamed Solih (@ibusolih) December 15, 2018
ވަރަށް ދަތި ހާލުގައިވެސް މިނިވަން ނޫސްވެރިކަން ރާއްޖޭގައި ދަމަހައްޓަން ރާއްޖެޓީވީން ކެނޑިނޭޅި ކުރަމުންގެންދިޔަ މަސައްކަތަށް އައްސަރިބަހާއި ސާބަސް ދަންނަވާކަމަށް ރައީސް ސޯލިހުގެ ތަހުނިޔާގައި ވިދާޅުވެފައިވެއެވެ.
Raajje TV ge 8 vana aharee dhuvahu, station ge hurihaa beyfulhunnah varah bodah marhaba
— Mohamed Nasheed (@MohamedNasheed) December 15, 2018
ކުރީގެ ރައީސް މުހައްމަދު ނަޝީދުވެސް ވަނީ ސްޓޭޝަންގެ ހުރިހާ މުއައްޒަފުންނަށް މަރުހަބާ ދަންނަވާފައެވެ. އަދި އިލެކްޝަން ކޮމިޝަންގެ ކުރީގެ ރައީސް ފުއާދު ތައުފީގު ވެސް ވަނީ ރާއްޖެޓީވީގެ ހުރިހާ މުއައްޒަފުންނަށް ދުވަހުގެ ތަހުނިޔާ ފޮނުއްވާފައެވެ.
Congratulations and best wishes to the management and staff of Raajje TV @raajjemv on the occasion of its 8th anniversary.
— Fuwad Thowfeek (@FuwadThowfeek) December 15, 2018
May Allah bless the Channel with more progress, development and success. @Raajje_tv .
ރާއްޖެޓީވީގެ 8 ވަނަ އަހަރީ ދުވަހާއި ގުޅިގެން ސޯޝަލް މީޑިއާގެ އެކިއެކި ޕްލެޓްފޯމްތަކުގައި އާންމު ރައްޔިތުން މަރުހަބާ އޮއްސަމުން އަންނައިރު، ކުރީގެ ރައްޔިތުންގެ މަޖިލިސް މެންބަރުންނާއި، މިހާރުގެ މެންބަރުންނާއި، މިނިސްޓަރުންވެސް މިދުވަހުގެ އުފަލުގައި ބައިވެރިވެ ސްޓޭޝަންގެ މުއައްޒަފުންނަށް ހިތްވަރުދީ، ތަހުނިޔާގެ މެސެޖްތައް އަންނަނީ ފޮނުވަމުންނެވެ.
އަދި ކުރިއަށް އޮތީ އުފާވެރި ދުވަސްތަކެއް ކަމަށާއި، އައު ހިތްވަރަކާއެކު މަސައްކަތުގައި ދެމިތިބުމަށް ގިނަ ބަޔަކު ދަނީ އެދެމުންނެވެ.
Congratulations to Raajje tv on your 8th Anniversary. The best tv station in the Maldives. Undoubtedly you have an excellent team and a terrific management.Thank you
— Ahmed Naseem (@KerafaNaseem) December 15, 2018
މިދުވަހާއި ގުޅިގެން ރާއްޖެޓީވީގެ މެނޭޖިން ޑިރެކްޓަރ އަހުމަދު ސަލީމް ވިދާޅުވީ، 8 އަހަރުގެ ޚިދުމަތް ރާއްޖެޓީވީން އިން ރައްޔިތުންނަށް ދިނީ ތެދުވެރިކަމާއި، އަމަނާތްތެރި ކަމާއެކު ކަމަށެވެ. އަދި ބިރު ދެއްކުމަށް ފަސްނުޖެހި، ހުށަހެޅި އިނާމުތަކަށް ނޫނެކޭ ބުނަން ކެރިގެން ކަމަށެވެ.
The most popular TV Channel in Maldives Congrats! Happy Birthday @Raajje_tv
— Will Najja (@Willnajja) December 15, 2018
Happy 8th Anniversary @Raajje_tv. With ups & downs, you made a difference. Hats off to the management. #GoodLuck
— Mohamed Ameeth (@MohamedAmeeth) December 15, 2018
މީގެ އިތުރަށް އެމްޑީ ސަލީމް ވިދާޅުވީ ރާއްޖެޓީވީގެ ކާމިޔާބީގެ މުގުލަކީ ތެދުވެރި ހިތްވަރުގަދަ މުވައްޒަފުން ކަމަށެވެ.
Happy 8th Anniversary to all staffs raajje tv. Local no.1 tv @Raajje_tv. @Ahmed_Fairoox pic.twitter.com/bPdvWm7TbK
— ®️ حسن حميد (@DakomK) December 15, 2018
Raajje TV ge 8 vana aharee dhuvahu, station ge hurihaa beyfulhunnah varah bodah marhaba pic.twitter.com/pYGPbyC343
— ábßó Máłdįvés (@abbomv) December 15, 2018
Rajjeyge Noosverikamuga Varah hiyyvarugadha Team eh @Raajje_tv pic.twitter.com/SuL7NmMw4g
— Akey (@akey_akram) December 15, 2018
ރާއްޖެޓީވީ 8 ވަނަ އަހަރީ ދުވަސް ފާހަގަކުރަމުން އަންނައިރު، އެކި ފަހަރު މަތިން ރާއްޖެޓީވީ ކުރި ޖޫރިމަނާގެ އަދަދު 3.7 މިލިއަން ރުފިޔާއަށް އަރައެވެ. މިފައިސާ ދައްކާފައިވަނީ މުއައްޒަފުންނާއި، ރާއްޖެޓީވީގެ ބެލުންތެރިންނާއި، އާންމު ރައްޔިތުންގެ މަސައްކަތުންނެވެ. އަދި ރާއްޖެޓީވީގެ މުއައްޒަފުންނަށް ނުހައްގުން އެތަކެއް އަނިޔާއެއް ލިބިފައިވާއިރު މިއިން އެއްވެސް ކަމަށް އަދި އިންސާފު ލިބިފައެއް ނުވެއެވެ.