ޤާނޫނާއި ހިލާފަށް މާލީ މުއާމަލާތްތަކެއް ހިންގާފައިވާ ކަމަށް ތުހްމަތުތަކާ ގުޅޭ ގޮތުން ސުވާލުކުރުމަށް ފަހު އެ މަނިކުފާނު ދޫކޮށްލައިފި އެވެ.
ހޮނިހިރު ދުވަހު 2:00 ގައި ޔާމީން ޕޮލިހަށް ހާޒިރުވެ ވަޑައިގެންފައިވާއިރު، އެމަނިކުފާނަށް ސަޕޯރޓް ކުރާ ފަރާތްތަކުން ވަނީ އެސަރަހައްދަށް އެއްވެ އެމަނިކުފާނު ފުލުހަށް ހާޒިރުކޮށްފައިވަނީ ސިޔާސީ މަޤްސަދެއް ހާސިލު ކުރުމަށް ކަމަށް ބުނެ އަޑުއުފުލާފައެވެ.
ޕީޕީއެމްގެ ސަޕޯރޓަރުން އަޑުއުފުލަމުންދާއިރު، ރައީސް ޔާމީން ހައްޔަރުކުރުމަށް ގޮވާލައި ޝުއޫރު ލިޔެފައިވާ ބޯޑުތަކާއެކު އެމްޑީޕީގެ ސަޕޯޓަރުންވެސް ދަނީ އެ ސަރަހައްދަށް ޖަމާވެ އަޑުއުފުލަމުން ދިޔަ އެވެ.
ރައީސް ޔާމީން ހާޒިރުކުރެއްވީ ޤާނޫނާ ހިލާފަށް މާލީ މުއާމަލާތްތަކެއް ހިންގާފައިވާ ކަމަށް ބުނެ، ދައުލަތުގެ އިދާރާތަކުން ފުލުހަށް ހުށަހަޅާފައިވާ މައްސަލަތަކެއްގެ ތަހުގީގަށް ކަމަށް ފުލުހުން ނެރުނު ބަޔާނެއްގައި ބުނެފައިވާއިރު، އެމަނިކުފާނުގެ މައްޗަށް ކޮރަޕްޝަންގެ އެއްވެސް ކަމެއް ސާބިތުނުކުރެވޭނެ ކަމަށް ތަކުރާރުކޮށް ރައީސް ޔާމީން ވަނީ ވިދާޅުވެފައެވެ.