ރައްޔިތުންގެ މަޖިލީހުގެ ތިންވަނަ ދައުރުގެ ފަހު ޖަލްސާ ހޮނިހިރު ދުވަހުގެ 2 ޖަހާއިރު ފެށުމަށްފަހު މެދުކަނޑާލައިފިއެވެ.
ޖަލްސާ މެދުކަނޑާލާފައިވަނީ ޕީޕީއެމަށް ނިސްބަތްވާ ބައެއް މެމްބަރުން މަޖިލީހުގެ މާލަމުގަ އާއި މަޖިލިސްކުރާ ގޭގެތެރޭގައި ދުއްމާރިބޭނުންކޮށް މަޖިލީހުގެ ނިޒާމް ގެއްލޭ ގޮތަށް ހަރަކާތްތެރިވުމުންނެވެ.
މީގެ ކުރިން އެމްޑީޕީގެ މެމްބަރުން މަޖިލީހުގެ ތަޅުމުގައި ދުއްމާރި ބޭނުންކުރުމުން، އެކަން ހުއްޓުވުމަށް ގަވާއިދަށް ކުއްލި ބަދަލުތައް ގެނެސްފައިވާއިރު މިއަދުގެ ޖަލްސާ އަށް ހުރަސް އެޅުމަށް ޕީޕީއެމްގެ މެމްބަރުން އަޑުގަދަކުރާ ބޭނުންކުރި ވީޑިއޯއެއް މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ޓްވީޓްކުރައްވާފައިވެ އެވެ.
މާޒިމްކޮށްފައިވާ ޓްވީޓްކުރައްވާފައިވާ ވީޑިއޯއިން ދުއްމާރި ބޭނުންކުރާ ތަން ފެންނަނީ ބާރަށު ދާއިރާގެ މެމްބަރު ދާއިރާގެ މެމްބަރު އިބްރާހިމް ސުޖާއު އާއި މަހިބަދޫ ދާއިރާގެ މެމްބަރު އަހްމަދު ތޯރިގެވެ.
މަޖިލީހުގެ ގަވައިދު ބުނާ ގޮތުން ދުއްމާރި ބޭނުން ކުރުމަކީ މަނާކަމެކެވެ.
Miadhuge #Majlis (15.12.2018)? pic.twitter.com/Ljo0T95UMu
— ??? ???? (@aliaazim) December 15, 2018
މަޖިލީހުގެ ޖަލްސާ އަލުން ފަށާނެ ވަގުތެއް ހާމަކޮށްފައި ނުވާއިރު މަޝްވަރާ ކުރުމަށްފަހު ވަކި ގަޑިއެއް އަންގާނެ ކަމަށް ރިޔާސަތުން ވިދާޅުވި ކަމަށް މަޖިލީހުގެ މެމްބަރަކު ވިދާޅުވި އެވެ.
ހިޔާނާތާއި މަރުތައް ތަހުގީގު ކުރަން އުފައްދާފައިވާ ކޮމިޝަންތަކަށް ބާރު ދިނުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލު ފާސްކުރަން މިއަދުގެ ޖަލްސާއަށް ވަނީ އެޖެންޑާ ކޮށްފައެވެ.