ދިވެހި ސިފައިންނާއި އިންޑިއާ ސިފައިންގެ ގުޅިގެން ބާއްވާ އެކްސަސައިޒް އެކުވެރިން މިއަދު ފަށާނެ އެވެ.
މި އެކްސަސައިޒްގައި ބައިވެރިވުމަށް އެމްއެންޑީއެފުން ކުރެއްވި ޓްވީޓެއްގައި ބުނެފައި ވަނީ އިންޑިއާ އަސްކަރިއްޔާގެ 17 ވަނަ "ބެޓޭލިއަން އޮފް މެޑްރާސް ރެޖިމެންޓު" ގެ 45 ސިފައިން ހުކުރު ދުވަހު ރާއްޖެ އައިސްފައިވާ ކަމަށެވެ.
Exercise Ekuverin 2018 gai Baiverivaa India Askariyyage Sifain, Raajje Athuvejjehttps://t.co/WA7DGNPc7c pic.twitter.com/GFFJbKd0Bv
— MNDF (@MNDF_Official) December 14, 2018
މިމަހު 15 އިން 27 އަށް އެމްއެންޑީއެފް ނޮދަން އޭރިއާ ހެޑްކްއޯޓަރޒް، ޅ.މާފިލާފުށީގައި ބޭއްވުމަށް ހަމަޖެހިފައިވާ އެކްސަސައިޒް އެކުވެރިންގެ ނުވަ ވަނަ ޕްރޮގްރާމްގެ މަޤްސަދަކީ ދެ ޤައުމުގެ ދެމެދުގައި އޮންނަ އަސްކަރިއްޔާގެ ގުޅުން ވަރުގަދަކޮށް، ކައުންޓަރ ޓެރަރިޒަމާއި، ކައުންޓަރ އިމަރޖެންސީގެ އޮޕަރޭޝަންތައް ހިންގުމުގެ ހުނަރާއި ތަޖުރިބާ ހޯދުން ކަމަށް އެމްއެންޑީއެފް އިން ބުނެއެވެ. އެގޮތުން މި ތަމްރީނުގެ ބައިތައް އެއްގަމާއި ކަނޑުގައި ކުރިޔައްގެންދާއިރު، ޅ. އަތޮޅުގެ ބައެއް ފަޅު ރަށްތަކުގައިވެސް މި ތަމްރީނުގެ ބައިތައް ކުރިޔައްގެންދާނެ ކަމަށް އެމްއެންޑީއެފް އިން ބުނެފައިވެއެވެ.
އިންޑިއާ އަސްކަރިއްޔާ އާއި އެމްއެންޑީއެފް ގުޅިގެން ސިލްސިލާކޮށް ކުރިއަށްގެންދާ މި އެކްސަސައިޒް އެންމެ ފުރަތަމަ ކުރިޔަށް ގެންގޮސްފައިވަނީ 2009 ވަނަ އަހަރުއެވެ.