ކޯލިޝަނުން ޕްރައިމަރީގައި ވާދަކުރާ ކެނޑިޑޭޓުން ހިލޭ ޕްރޮމޯޓްކޮށްދޭ ވެބްސައިޓެއް ލޯންޗްކޮށްފިއެވެ.
ދިވެހި ޕޯސްޓް ޑޮޓްކޮމްގެ ނަމުގައި ލޯންޗްކޮށްފައިވާ މި ޚާއްސަ ވެބްސައިޓަކީ ކުރިން އޮންލައިން ނޫހެއްގެ ގޮތުގައި ހިންގަމުން އައި ވެބްސައިޓެކެެވެ. އެހެން ނަމަވެސް އަލުން މިސައިޓް ވުޖޫދަށް މި އަންނަނީ ކޯލިޝަން ޕްރައިމަރީގައި ވާދަކުރައްވާ ހުރިހާ ކެނޑިޑޭޓުން ހިލޭ ޕްރޮމޯޓްކޮށްދޭ ވެބްސައިޓެއްގެ ގޮތުގައެވެ. މި ވެބްސައިޓް އޮަޕަރޭޓް ކުރައްވަނީ، މޫސާ ދީދީ، މަޝްހޫރު ނަމުންނަމަ ސާބޭ އިސްވެ ހުންނަވައިގެންނެވެ.
ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން ސާބޭ ވިދާޅުވީ، މި ވެބްސައިޓްގެ އެންމެ ބޮޑު ބޭނުމަކީ ދިވެހި އެތައްހާސް ރައްޔިތުން އެތަކެއް ދުވަހު ގުރުބާންވެ އެތަކެއް އަނިޔާ އެއް ތަހައްމަލުކޮށް ގެނައި އާ ސަރުކާރަށް އެއްބާރުލުން ދިނުމަށްޓަކައި އެންމެ ބޮޑަށް މަސައްކަތް ކުރެވޭނީ ރައްޔިޔުން ހޮވާ އެމީހުންގެ މަންދޫބުންނަށް ކަމަށްވާތީ ސަރުކާރުގެ ކޯލިޝަންގެ ތެރެއިން ޕްރައިމަރީގައި ވާދަކުރައްވަން ނުކުންނަވާ މަންދޫބުން އެއްވެސް ފީ އަކާއި ނުލައި ޕްރޮމޯޓްކޮށް ދިނުންކަމަށެވެ.
ވެބްސައިޓް ފަރުމާ ކުރެވިފައިވަނީ، ކޯލިޝަން ކެނޑިޑޭޓުންގެ ޕްރޮފައިލް ފެންނާނެހެން އެ ކެނޑިޑޭޓްގެ ތަސައްވުރުތަކާއި ރައްޔިތުންގެ ހައްގުގައި ވެވަޑައިގަންނަވާ ވައުދުތަކާއި އެކު، ޝާއިއުކުރައްވަން ބޭނުންފުޅު ލިޔުންތައްވެސް އެ ކެނޑިޑޭޓަކަށް ޚާއްސަކުރާ ޕްރޮފައިލްއަށް ފިއްތާލުމުން ފެންނަގޮތަށެވެ. ރަޖިސްޓްރީކުރެއްވުމަށް ދިޕޯސްޓް ޕޭޖަށް ވެންނެވުމަށްފަހު މަތީގައިވާ ބެނާއިން މަޖިލިސް 2019 އަށް ފިއްތާލެއްވުމުން ރަޖިސްޓްރީ ވެލެއްވުމަށް އޮޕްޝަން ދިނުމުން މައުލޫމާތު ފުރިހަމަ ކުރެއްވުމުން ރަޖިސްޓާ ވެވޭނެއެވެ.
ސާބޭ ވިދާޅުވީ، ވެބްސައިޓަށް ފޮޓޯ ވީޑިއޯ އަދި ބެނާ އާއި، އެހެނިހެން ޕްރޮމޯޝަނަލް މެޓީރިއަލްސް ފޮނުއްވާނީ އެ ކެނޑިޓޭޓަކު އަމިއްލަފުޅަށްކަމަށެވެ. އަދި އެބޭފުޅުން އެޕްރޫވްކުރެއްވުމާއި އެކު ވެބްސަައިޓުން އެ މައުލޫމާތު ފެންނަން ހުންނާނޭކަމަށެވެ. ވެބްސައިޓްގެ އިތުރުން ދިވެހި ބަހުން މުއާމަލާތު ކުރެވޭ ސޯޝަލްމީޑިއާ ޕްލެޓް ފޯމަކުން އެ މައުލޫމާތުތައް ޝެއާކޮށް ރީ ޕޯސްޓުކޮށް ހެދޭނެކަމަށެެވެ. އެގޮތުން ސީދާ ކެނޑިޑޭޓުންނަށް ޚާއްސަކުރާ ފޭސްބްކް ފަދަ ދިވެހިބަހުން މުއާމަލާތްކުރެވޭ މި ނެޓްވޯކްގެ މަސައްކަތް ވެސް މިހާރު ގާތްގަނޑަކަށް ނިމިފައި ވާކަމަށް އޭނާ ވިދާޅުވިއެވެ. އަދި ކެނޑިޑޭޓުންނަށް އެ ނެޓްވޯކް މެދުވެރިކޮށް ވެސް ޕްރޮމޯޓް ކުރެވޭއިރު، ދި ޕޯސްޓް ގައި ޝައިއުކުރާ މައުލޫމާތު ވެސް އެ ނެޓްވޯކްގެ ޒަރިއްޔާއިން ފެންނާނެގޮތަށް ނެޓްވާކް ފަރުމާ ކުރަމުން ދާކަމަށް ސާބޭ ވިދާޅުވިއެވެ.
ސާބޭ ވިދާޅުވީ، ވާދަކުރައްވާ ކެނޑިޑޭޓުންނަށް އަގުހެޔޮކޮށް ފޮޓޯ އަދި ބެނާފަދަ ތަކެތި ޕްރިންޓްކޮށް ދިނުމުގެ ޚިދުމަތް ވެސް އެބޭފުޅުން ދެއްވާނޭކަމަށެވެ. މި ވެބްސައިޓް މެދުވެރިކޮށް ކެމްޕެއިން ކުރެއްވުމަށް ބޭނުންފުޅުވާ ފަރާތްތަކުން www.dhivehipost.com އަށް ލޮގިން ކުރެއްވުމުން ރެޖިސްޓަރ ކުރެވޭނެއެވެ. ދިވެހި ފަންނުވެރިން ކޮޅެއް ހިއްސާވާ މި ޕްލެޓްފޯމަކީ، މަޖިލިސް ޕްރައިމަރީގައި ވާދަކުރައްވާ ފަރާތްތައް ޕްރޮމޯޓްކުރުމަށް މިފަދަ ގޮތަކަށް ފަރުމާކުރެވިގެންދާ ފުރަތަމަ ވެބްސައިޓް އަދި ޝޯޝަލް މީޑިއާ ޕްލެޓްފޯމް ވެސް މެއެވެ. އިތުރު މައުލޫމާތު ބޭނުންފުޅުވާ ފަރާތްތަކުން 7682867 ނަމްބަރުން ވަޓްސްއަޕް އަދި ވައިބަރ މެދުވެރިކޮށް މައުލޫމާތު ހޯދޭނެއެވެ.