ކ. މާލެ
|
15 ޑިސެންބަރ 2018 | ހޮނިހިރު 18:20
އިންޑިއާ އާއި ދުބާއީގެ އެގްރީމަންޓްގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން
އިންޑިއާ އާއި ދުބާއީގެ އެގްރީމަންޓްގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން
ޓްވިޓަރ
ބޭރު ފައިސާ ބޭނުންނުކޮށް ވިޔަފާރި ކުރުން
އިންޑިއާ އާއި ޔޫއޭއީ އިން ދެ ޤައުމުގެ ފައިސާ ބޭނުންކޮށްގެން ވިޔަފާރި ކުރެވޭނެ ގޮތަށް ހަމަޖައްސައިފި
މި އެއްބަސްވުމުގެ ބޭނުމަކީ ބޭރުފައިސާ އަށް ދެ ގައުމުން ވެސް ބަރޯސާވާ މިންވަރު ކުޑަކުރުން

ބޭރުފައިސާ ބޭނުން ނުކޮށް، އިންޑިއާ އާއި ޔޫއޭއީގެ ފައިސާ ބޭނުންކޮށްގެން އެ ދެ ޤައުމުގެ މެދުގައި ވިޔަފާރިވެރިންނަށް ވިޔަފާރި ކުރެވޭ ގޮތަށް ހަމަޖައްސައިފިއެވެ.

އެހެންކަމުން ޔޫއޭއީގެ ދިރުހަމު ބޭނުން ކޮށްގެން ދުބާއީ ވިޔަފާރިވެރިންނަށް އިންޑިއާ އިން ވިޔަފާރި ކުރެވޭނެއެވެ. އަދި އިންޑިއަން ރުޕީޒް ބޭނުންކޮށްގެން އިންޑިއާގެ ވިޔަފާރިވެރިންނަށް ދުބާއީ ގައި އާއި ޔޫއޭއީގެ އެހެން އެމިރޭޓްތަކުން ވިޔަފާރި ކުރެވޭނެއެވެ.

ދެގައުމުން މިއަދު އެއްބަސްވެފައި ވަނީ ބޭރު ފައިސާ ބޭނުން ނުކޮށް ދެ ބިލިއަން ދިރުހަމްގެ (495 މިލިއަން އެމެރިކާ ޑޮލަރުގެ) ވިޔަފާރި ކުރުމަށެވެ. އަދި މިގޮތަށް ވިޔަފާރި ކުރެވޭނީ ކޮން ބާވަތްތަކެއް ގަނެ ވިއްކުމަށް ކަމެއް އަދި ހާމައެއް ނުކުރެއެވެ.

މި އެއްބަސްވުމުގެ ބޭނުމަކީ ބޭރު ފައިސާ އަށް ދެ ގައުމުން ވެސް ބަރޯސާވާ މިންވަރު ކުޑަކުރުން ކަމަށާއި ބޭރު ފައިސާ ދެ ގައުމުން ވެސް ބޭނުން ކުރުމުން ތަކެތީގެ އަގު ބޮޑުވާ މައްސަލަ އަށް ހައްލު ހޯދައިދިނުން ކަމުގައި ޔޫއޭއީގެ އަބޫދާބީގައި ހުންނަ އިންޑިއާ އެމްބަސީން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.

މީގެއިތުރުން ދެ ގައުމުގެ މެދުގައި ހަކަތައިގެ ވިޔަފާރިއާ، ހަތިޔާރާއި ގުޅޭ ވިޔަފާރިތައް ކުރުމުގައި އެއްގައުމުން އަނެއްގައުމަށް ލުއި ދިނުމަށް ވެސް ވަނީ އެއްބަސްވެފައެވެ.

އިންޑިއާ އާއި ޔޫއޭއީ އާއި ދެމެދު ކޮންމެ އަހަރު 50 ބިލިއަން އެމެރިކާ ޑޮލަރުގެ ވިޔަފާރި ކުރެއެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް