ރަސްރަނި ބަގީޗާގެ ނަން ސަލްޓަން ޕާކުގެ ނަމަށް އަލުން ބަދަލު ކުރަން ހަމަޖެހިފައިވާ ކަމަށް މާލޭ ސިޓީ ކައުންސިލްގެ މޭޔަރ ޝިފާ މުހައްމަދު ވިދާޅުވެއްޖެއެވެ.
ސަލްޓަން ޕާކުގެ ނަން، ރަސްރަނި ބަގީޗާގެ ނަމަށް ބަދަލުކޮށް، ކުރީގެ ރައީސް އަބްދުﷲ ޔާމީން ހުޅުއްވާ ދެއްވާފައިވަނީ 21 އޯގަސްޓު 2017 ގައެވެ.
ޝިފާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އަންނަ އަންގާރަ ދުވަހު މާލޭ ސިޓީ ކައުންސިލުން ބާއްވާ ބައްދަލުވުމަށް ސަލަޓަން ޕާކުގެ ނަން އަލުން ދިރުވާ ރަސްރަނި ޕާކުގެ ނަން ބަދަލުކުރުމަށް ތާވަލް ކުރާނެކަމަށެވެ.
Anna Angaaradhuvah council bahdhalvumah Sultan parkgenan alun dhiruvaa Rasrani Parkge nan badalkurumah thaaval kurani .@MaleCitymv @schamau @yumna_maumoon @ManadhooThoriq
— Shifa Mohammed (@etna295) December 13, 2018
ސަލްޓަންޕާކުގެ ނަން އަލުން ބަދަލުކުރުމަކީ ސަރުކާރުން ބާރުތައް ދިނުމުން މާލޭ ސިޓީ ކައުންސިލުން ނިންމާ ފުރަތަމަ ނިންމުމަށެވެ. ރަސްރަނިބަގީޗާގެ ނަމަށް ބަދަލުކޮށް އެ ޕާކު ހުޅުވިއިރު ގާތްގަނޑަކަށް 50 އެއްހާ އަހަރު ވަންދެންސަލްޓަން ޕާކުގެ ނަމުގައި އެތަން އޮތެވެ. އެޕާކަށް ދިވެހިންނަށް ހިލޭ ވަދެވޭއިރު ރަސްރަނި ބަގީޗާއިން ފީ ނަގަނީ ހަމައެކަނި ބިދޭސީ މީހުންގެ އަތުންނެވެ.