ރާއްޖޭގެ ކޯޓުތަކަށް އައްޔަން ކޮށްފައި ތިބި ފަނޑިޔާރުންނަކީ ގާނޫނު އަސާސީއާ ހިލާފަށް އައްޔަން ކޮށްފައިވާ ފަނޑިޔާރުންތަކެއް ކަމަށް މަޝްހޫރު ގާނުނީ ވަކީލް މޫސާ ސިރާޖް ވިދާޅުވެއްޖެއެވެ.
ރާއްޖެ ޓީވީގެ ފަލަ ސުރުހީ ޕޮރްގްރާމްގައި ވާހަކަ ދައްކަވަމުން ސިރާޖް ވިދާޅުވީ މިހާރު ކޯޓުތަކުގައި ތިބި ފަނޑިޔާރުންނަކީ ގާނުނޫ އަސާސީގައި ބަޔާންކުރާ އިޖްރާއަތްތަކާ ހިލާފަށް އައްޔަން ކުރައްވާފައި ތިބި ފަނޑިޔާރުންތަކެއް ކަމަށެވެ.
ފެހި ގާނޫނު އަސާސީ އަށް އިޝާރާތް ކުރައްވާ ސިރާޖް ވިދާޅުވީ އެ ގާނޫނު އަސާސީއާއެކު ހައްގު ތަކެއް ލިބިގެންދިޔަ ކަމަށާއި، ފަނޑިޔާރުގެ ފިޔަވާ އެހެން ހުރިހާ ތަނެއް ބަދަލުވެގެން ދިޔަކަމަށެވެ. އެގޮތުން އޭނާ ވިދާޅުވީ، މިހާރު ތިއްބެއްވީ ގާބިލް ފަނޑިޔާރުން ކަމަށް ގަބޫލުނުކުރާ ކަމަށެވެ.
ސިރާޖް ވިދާޅުވީ، ފަނޑިޔާރުގެ އިސްލާހު ކުރުމަށްޓަކައި އަލުން ފަނޑިޔާރުން އައްޔަން ކުރަން ޖެހޭކަމަށާއި، އަލަށް އައްޔަން ކުރާ ފަނޑިޔާރުންނަކީ ނަޒާހަތްތެރި ބަޔަކަށް ވާން ޖެހޭ ކަމަށެވެ.
މީގެއިތުރުން ވަކި އުސޫލެއްގެ ތެރެއިން ފަނޑިޔާރުން އައްޔަން ކުރަން ޖެހޭ ކަމަށާއި، ޖޭއެއެސްސީ އެކުލެވިގެންވާ ގޮތް ބަދަލުވާން ޖެހޭ ކަމަށްވެސް ސިރާޖް ވަނީ ވިދާޅުވެފައެވެ.
"އެއްކަމަކަށް ޖޭއެސްސީ ކޮމްޕަޒިޝަން ބަދަލުވުން. ޖޭއެސްސީ ކޮމްޕޮޒްޝަން ބަދަލުވުމާއި އެކީގަ ފަނޑިޔާރުން ޖަވާބުދާރި ކުރުވަންވީ . ފަނޑިޔާރުންނަކީ ޖަވާބު ދާރީ ކުރެވެންޖެހޭނެ ބައެއް ޖަވާބުދާރީ ކުރަންޖެހޭނެ ބައެއް. ކޮށްފަ އަދި ގޯސް ހަދާ ފަނޑިޔާރުންނަށް ފިޔަވަޅުވެސް އަޅަންވީ . ފިޔަވަޅު އަޅާ ރަނގަޅު ފަނޑިޔާރުން ހޯދާ ކުރީމަ ހުންނާނީ ރަނގަޅަށް" ފަނޑިޔާރުގެ އިސްލާހުކުރެއްވުމާއި ބެހޭ ގޮތުން ސިރާޖް ވިދާޅުވިއެވެ.
ސިރާޖް ވިދާޅުވީ، ހުޅުވާލައިގެން ޝަރިޔަތް ކުރިޔަށް ގެންދަން ޖެހޭ ކަމަށާއި، އެ ކަމަކީ އޭނާ ވަރަށް ތާއިދު ކުރައްވާ ކަމެއްކަމަށެވެ. އެގޮތުން ފަނޑިޔާރުގެ އިސްލާހު ކުރެވުމުން ރައްޔިތުންނަށް ފަނޑިޔާރުގެއާ މެދު އިތުބާރު ބޮޑުވެގެން ދާނެކަމަށްވެސް ސިރާޖް ވިދާޅުވިއެވެ.