ކުރީގެ ރައީސް އަބްދުﷲ ޔާމީން ފުލުހުންގެ އިދާރާއަށް ހާޒިރުވުމަށް ޗިޓް ފޮނުވައިފި އެވެ.
ރާއްޖެ އެމްވީއަށް މައުލޫމަތު ލިބިފައިވާ ގޮތުގައި ރައީސް ޔާމީނަށް ޗިޓް ފޮނުވާފައިވަނީ އަންނަ ހޮނިހިރު ދުވަހު 14:00 އަށް ފުލުހުންގެ އިދާރާއަށް ހާޒިރުވުމަށެވެ.
އެނގިފައިވާގޮތުން ޔާމީނަށް ޗިޓް ފޮނުވާފައިވަނީ ފުލުހުން ބަލަމުންދާ މައްސަލައަކާއި ގުޅިގެންކަމަށް މައުލޫމަތު ސާފުކުރުމަށެވެ.