ހދ. ކުޅުދުއްފުށީ ބަނދަރު ބޮޑު ކުރުމުގެ މަޝްރޫއުގެ އެގްރީމަންޓްގައި ސޮއިކޮށްފިއެވެ.
ޑިސެމްބަރު 12 ވަނަ ދުވަހު މިނިސްޓްރީ އޮފް ނެޝެނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެގްރީމަންޓްގައި ސޮއިކުރެއްވީ އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަކްރަމް ކަމާލުއްދީންއެވެ. އަދި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރަކަށް ހަސަން ޝާހްއެވެ.
މި މަޝްރޫއުގެ ދަށުން ކުރަން ހަމަޖެހިފައިވާ ބައެއް ކަންތައްތަކަކީ:
- މުދާ އުފުލުމަށާއި ދަތުރުވެރިންނަށް ހާއްސަ ބަނދަރެއް ހެދުމާއި އާ ނެރު ހެދުން
- ކުދި އުޅަނދުތައް އެޅުމަށް ޖެޓީތަކެއް ހެދުން
- މުދާ އުފުލާ ބޭލުމަށް ރޭމްޕެއް ހެދުން
- ފެރީ ޓާރމިނަލް އިމާރާތް ހެދުން
- މަސް މާރުކޭޓެއް ހެދުން
- ކުދި އުޅަނދު ފަހަރު ބޭނުން ކުރުމަށާއި މޫދު ކުޅިވަރު ކުޅުމަށް ވޯޓަރ ފްރަންޓް ޒޯނެއް ހެދުން
މި މަޝްރޫއު އަކީ އޭޝިއަން ޑިވަލޮޕްމަންޓް ބޭންކްގެ ފަރާތުން ހިލޭ އެހީގެ ދަށުން ކުރިއަށްގެންދާ މަޝްރޫއެކެވެ. އަދި އެ ބޭންކުން މި މަޝްރޫއަށް ފަންޑް ކުރުމަށް ހަމަޖެހިފައިވާއިރު މި މަޝްރޫއު ނިމޭނެ ކަމަށް ލަފާކޮށްފައިވަނީ 450 ދުވަސް ތެރޭގައެވެ.
ކުޅުދުއްފުށީގައި މިހާރު ބޭނުންކުރަމުން ދަނީ 800 ފޫޓު ދިގު 200 ފޫޓު ފުޅާ ބަނދަރެކެވެ.