ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރާއި މަޝްވަރާ ކުރައްވާފައިވަނީ އަންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ކަންތައްތަކާއި ބެހޭ ގޮތުން ކަމަށް އިލެކްޝަންސް ކަމިޝަން (އީސީ)ގެ މެމްބަރު އަދި އެކޮމިޝަންގެ ތަރުޖަމާނު އަހުމަދު އަކްރަމް ވިދާޅުވެއްޖެއެވެ.
އީސީގެ މެމްބަރުންނާއި ފިނޭންސް މިނިސްޓަރާއި އެކު ބޭއްވި ބައްދަލު ކުރެއްވުމުގައި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާއި ގުޅިގެން ބަޖެޓުގެ ތެރެއިން ހޯދަންޖެހޭ ކަންތައްތަކާއި ބެހޭ ގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށް އަކްރަމް ވިދާޅުވިއެވެ.
Elections Commissionun Finance Ministry aa ekee mashvaraa badhaluvumeh baavaifi pic.twitter.com/5TiaCEolgV
— Elections Commission (@ElectionsMv) December 13, 2018
ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ބާއްވާނެ ތާރީޚެއް އިލެކްޝަންސް ކަމިޝަނުން އަދި ހާމަކޮށްފައެއް ނުވެއެވެ.
ރައްޔިތުންގެ މަޖިލީހުގައި މިހާރު ތިއްބަވަނީ 85 މެމްބަރުންނެވެ. އެހެން ނަމަވެސް ދެން އޮންނަ ރައްޔިތުންގެ އިންތިޚާބެއްގައި 87 މެމްބަރުން ހޮވާނެ އެވެ. އިތުރު ކުރި ދެ ދާއިރާއަކީ މާލޭގެ ހެންވޭރު އަދި މައްޗަންގޯޅި އަށް އިތުރު ކުރި ދާއިރާތަކެވެ.
އަންނަ މަޖިލީސް އިންތިޚާބުގައި އެކި ދާއިރާތަކަށް ގިނަ ބަޔަކު ދަނީ ޝައުގުވެރިކަން ފާޅު ކުރަމުންނެވެ. އޭގެ ތެރޭގައި މިހާރު މަޖިލީހުގައި ތިއްބެވި މެމްބަރުން ވެސް ހިމެނި ވަޑައިގަންނަވައެވެ.