އެމެރިކާގެ ރައީސް ޑޮނަލްްޑް ޓްރަމްޕްގެ ކުރީގެ ވަކީލު މައިކަލް ކޯއެން ތިން އަހަރަށް ޖަލަށް ލުމަށް މެންހަޓަންގެ ޑިސްޓްރިކްޓް ކޯޓުގެ ފަނޑިޔާރު ބުދަ ދުވަހު ހުކުމް ކުރައްވައިފިއެވެ.
ކޯއެންގެ މައްޗަށް މި ހުކުމް އައިސްފައިވަނީ 2016 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް ޓްރަމްޕްގެ ކެމްޕެއިންތެރޭގައި އަންހެނަކަށް ގާނޫނާ ޚިލާފަށް ފައިސާތަކެއް ދިން މައްސަލައާއި ރަޝިއާގައި އެޅުމަށް ނިންމާފައިވާ ޓްރަމްޕް ޓަވަރާއިބެހޭގޮތުން ކޮންގްރެސްއަށް ދޮގު މައުލޫމާތު ދީފައިވާތީއެވެ.
މެންހަޓަން ކޯޓުގެ ފަނޑިޔާރު ވިލިއަމް ޕައުލީ ހުކުމް ކުރައްވާފައިވަނީ ފައިސާގެ މުއާމަލާތްތަކާއި ގުޅިގެން އެކަމަކީ ކެމްޕެެއިން އަށް ޚަރަދުކުރުމާ ބެހޭ ގާނޫނާ ޚިލާފަށް ކޯއެން ކޮށްފައިވާ ކަމެއްކަމަށްވާތީ ތިންއަހަރަށް އަދި ކޮންގްރެސްއަށް ދޮގު ބަޔާން ދިން މައްސަލައިގައި ދެމަހަށް ޖަލަށް ލުމަށެވެ.
ކޯއެންވަނީ ޓެކްސްއަށް މަކަރު ހަދައި އަސްލު ނޫން ބޭންކް ސްޓޭޓްމަންޓްތަކެއް ހެއްދެވިކަމަށް ވެސް އެއްބަސްވެފައެވެ. އެހެން ނަމަވެސް އެއީ މި ހުކުމާ ގުޅުން އޮތް މައްސަލައެއް ނޫނެވެ.