ކުރެއްދޫ އައިލެންޑް ރިސޯޓުގެ ގިފްޓް ޝޮޕްގެ ގުދަނުގައި އަލިފާން ރޯވެ ބޮޑަތި ގެއްލުން ތަކެއް ލިބިއްޖެ އެވެ.
އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް ކެޕްޓަން އިބްރާހިމް އާޒިމް ވިދާޅުވީ ކުރެއްދޫގެ ގިފްޓް ޝޮޕުގެ ގުދަނުގައި އަލިފާން ރޯވިކަމުގެ ރިޕޯޓް ލިބިފައިވަނީ ބުދަ ދުވަހުގެ ރޭ ދަންވަރު 12:48 ހާއިރު ކަމަށާއި އެމްއެންޑީއެފް ނޮދަން އޭރިއާ ނައިފަރު ފަޔަރ ސްޓޭޝަނުން އެ ރިސޯޓަށް ގޮސް ކުރި މަސައްކަތުން އަލިފާންގަނޑު އެއްކޮށް ނިއްވާލާފައިވަނީ ފަތިހު 04:00 ހާއިރު ކަމަށެވެ.
އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެ އެވެ.
އެ ހާދިސާ ފުލުހުން ގެންދަނީ ތަހްގީގުކުރަމުންނެވެ.