ފުލުހުން ތަހުޤީޤު ކުރަމުންދާ މައްސަލައަކާއި ގުޅިގެން ފްރާންސްގެ ރައްޔިތަކު ހޯދުމުގެ މަސައްކަތް ފަށައިފި އެވެ.
ފުލުހުން ބުނީ އެ އަންހެން މީހާ ހޯދަމުންދަނީ ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ތަޙުޤީޤު ކުރަމުންދާ، ވީނުވީއެއް ނޭނގި ގެއްލިގެން ހުށަހަޅާފައިވާ މައްސަލައަކާއި ގުޅިގެން ކަމަށެވެ.
މިމައްސަލައާ ގުޅިގެން ހޯދަމުންދާ އަންހެން މީހާ އަކީ ފްރާންސްގެ ރައްޔިތެއް ކަމުގައިވާ ޖީން މަނޮން މޯޓެޓްއެވެ.
އެހެންކަމުން މި މީހާއާގުޅޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުގެ ނަންބަރު 9631696ށް ގުޅުއްވައި ޙިއްސާކުރެއްވުމަށް ފުލުހުން އެދެއެވެ.