އދ.ގެ އެސިސްޓަންޓް ސެކްރެޓަރީ ޖެނެރަލް މިރޮސްލާވް ޖަންކާއާއި ކުރީގެ ރައީސް ޔާމީން އަބުދުލް ގައްޔޫމާއި ބައްދަލުކުރައްވައިފިއެވެ.
ބުދަ ދުވަހު މެންދުރުފަހު ޕީޕީއެމްގެ އޮފީހުގައި ބޭއްވި އެބައްދަލުވުމުގައި ރާއްޖޭގެ މިހާރުގެ ސިޔާސީ މަޝްރަހާއި ގުޅޭގޮތުން ދެބޭފުޅުން ވަނީ މަޝްވަރާ ކުރައްވާފައެވެ.
UN Assistant Secretary General Miroslav Jenca calls on President Yameen this afternoon. @PPM_MDV pic.twitter.com/iOBpa3kq5v
— Ahmed Nihan (@ahmed_nihan) December 12, 2018
އެ ބައްދަލުވުމުގައި އދ. ގެ އިތުރު ބޭފުޅުންނާއި ޕީޕީއެމްގެ ބައެއް އިސް ފަރާތްތައް ވެސް ބައިވެރިވެވަޑައިގެެންނެވިއެވެ.
އދ.ގެ އެސިސްޓަންޓް ސެކްރެޓަރީ ޖެނެރަލް މިރޮސްލާވް ޖަންކާ ވަނީ ރާއްޖޭގެ ފޮރިން މިނިސްޓަރު އަބުދުﷲ ޝާހިދާއިވެސް ބުދަ ދުވަހު ބައްދަލުކުރައްވާފައެެވެ. އެ ދެބޭފުޅުން މަޝްވަރާކުރެއްވީ ރާއްޖެއާއި އދ. ގުޅިގެން މަސައްކަތްކުރެވޭނެ ދާއިރާތަކާއި ބެހޭ ގޮތުންނެވެ. އަދި މީގެ އިތުރުން އިންސާނީ ހައްޤުތަކާއި، ދެމެހެއްޓެނިވި ތަަރައްޤީގެ އިތުރުން މޫސުމަށް އަންނަމުންދާ ބަދަލުތަކާއި ބެހޭ ގޮތުން އދ.އިން ހުރިހާ ގޮތަކުންވެސް ރާއްޖެއަށް އެހީވަމުންދާނެކަމަށް އެސިސްޓަންޓް ސެކްރެޓަރީ ޖެނެރަލް މިރޮސްލާވް ޖަންކާ ވަނީ ވިދާޅުވެފައެވެ.