އަވަށްޓެރި އިންޑިއާއިން 700 މިލިއަން ޑޮލަރުގެ ކްރެޑިޓް ފެސިލިޓީއެއްގެ ދޭން ހަމަޖެހިފައިވާ ކަމަށް އެ ގައުމުގެ ނޫހަކުން ރިޕޯޓް ކޮށްފިއެވެ.
އެ ފައިސާ އަކީ ރާއްޖޭގެ ވިޔަފާރި ބަނދަރު ތަރައްގީ ކުރުމަށް ދެވޭ ފައިސާ ކަމަށް، އިންޑިއާގެ ސަރުކާރުގެ އޮފިޝާލަކާއި ހަވާލާދީ އެ ނޫހުން ބުނެފައިވެ އެވެ.
ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ރާއްޖެ އެމްވީއަށް ވިދާޅުވީ މުހިއްމު ޕްރްޖެކްޓްތަކައް ފައިސާ ހޯދަން އިންޑިއާއަށް ހުށައަޅާފައިވާ ކަމަށެވެ. އެގޮތުން އިންޑިއާގެ އެގްޒިމް ބޭކުން ލުއި ލޯނުގެ ގޮތުގައި ފައިސާ ހޯދަން ހުށަހަޅާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މަޝްރޫއުގެ އިތުރުން އެހެނިހެން އެހެން މަޝްރޫއުތައް ފައިސާ ހޯދަން އިންޑިއާއާއެކު މަޝްވަރާކޮށްފައިވާ ކަމަށް ވެސް އަމީރު ވިދާޅުވި އެވެ.
.އިންޑިއާގެ "ދަ ވަޔާ" ނޫހުން ރިޕޯޓް ކުރާ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މި މަހު އިންޑިއާއަށް ކުރައްވަން ހަމަޖެހިފައިވާ ދަތުރުފުޅުގައި މި ފައިސާގެ އެއްބަސްވުމުގައި ސޮއިކުރައްވާނެ އެވެ.
ރަސްމީ ފުރަތަމަ ދަތުރުފުޅުގައި މި މަހުގެ 17 ވަނަ ދުވަހު ރައީސް ސޯލިހް އިންޑިއާއަށް ވަޑައިގަންނަވާއިރު، ރައީސް ސޯލިހު ހުވާކުރެއްވުމަށް ނޮވެމްބަރު 17 ވަނަ ދުވަހު ބޭއްވި ރަސްމިއްޔާތަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަނީ ވަޑައިގެންފަ އެވެ.