އދގެ އެސިސްޓަންޓް ސެކްރެޓަރީ ޖެނެރަލް މިރޮސްލާވް ޖަންކާއާއި ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ބައްދަލުކުރައްވައިފިއެވެ.
މިބައްދަލުވުން އޮތީ ބުދަ ދުވަހު ފޮރިންގ މިނިސްޓްރީގައެވެ. އެ މިނިސްޓްރީއިން ބުނީ މި ބައްދަލުވުމުގައި ދެބޭފުޅުން މަޝްވަރާކުރެއްވީ ރާއްޖެއާއި އދ ގުޅިގެން މަސައްކަތްކުރެވޭނެ ދާއިރާތަކާއި ބެހޭ ގޮތުންކަމަށެވެ. އަދި މީގެ އިތުރުން އިންސާނީ ހައްޤުތަކާއި، ދެމެހެއްޓެނިވި ތަަރައްޤީގެ އިތުރުން މޫސުމަށް އަންނަމުންދާ ބަދަލުތަކާއި ބެހޭ ގޮތުން އދއިން ހުރިހާ ގޮތަކުންވެސް ރާއްޖެއަށް އެހީވަމުންދާނެކަމަށް އެސިސްޓަންޓް ސެކްރެޓަރީ ޖެނެރަލް މިރޮސްލާވް ޖަންކާ ވިދާޅުވިކަމަށް އެމިނިސްޓްރީއިން ބުނެއެވެ.
މީގެ އިތުރުން ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ވަނީ ރާއްޖެއިން ޖަޕާނުގައި ހުންނަވާ ސަފީރު ކަޒޫމީ އެންޑޯ، އެމަނިކުފާނުގެ ދައުރު ފުރިހަމަ ކުރައްވައި، އެނބުރި ވަޑައިގަންނަވާތީ، ސަފީރުގެ ޝަރަފުގައި މެންދުރުގެ ފަރިއްކޮޅެއް ބާއްވާފައެވެ. މި ފަރިއްކޮޅުގައި ޚާރިޖީ ވުޒާރާގެ އިސް ބައެއް ބޭފުޅުން ބައިވެރިވެވަޑައިގަތެވެ.