ޤައުމީ ފެންވަރުގައި މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ގއ. ގެމަނަފުއްޓަށް ވަޑައިގެންފި އެވެ.
ރައީސް ސޯލިހް ގެމަނަފުއްޓަށް ވަޑައިގެންނެވުުމުން އެމަނިކުފާނަށް މަރުހަބާ ދެންނެނީ ފިޝަރީޒް މިނިސްޓަރ ޒަހާ ވަހީދާއި، ރައްޔިތުންގެ މަޖިލީހުގެ ގެމަނަފުށި ދާއިރާގެ މެމްބަރު ޖަމީލް އުސްމާން އެވެ. އަދި ރަށުގެ ގިނަ އަދަދެއްގެ އާމުންވެސް އެމަނިކުފާނަށް މަރުހަބާ ދެންނެވުމުގައި ބައިވެރިވެވަޑައިިގެންނެވި އެވެ.
#Live #FishermensDay2018 #Gemanafushi
— Presidency Maldives (@presidencymv) December 12, 2018
President @ibusolih arrives in Gemanafushi Island. The President's visit is being made to attend the official Fishermen's Day function to be held this evening pic.twitter.com/0q9UYjmDzN
ރައީސް ސޯލިހްގެ މި ދަތުރުފުޅުގައި މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ބާއްވާ ހަރަކާތްތަކުގައި އެމަނިކުފާނު ބައިިވެރިވަޑައިގަންނަވާނެ އެވެ.
މި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ މާލެ ވަޑައިގަތުމަށް ހަމަޖެހިފައި ވަނީ މާދަމާ ހެނދުނުގެ ވަގުތެއްގައެވެ.