ރާއްޖެއިން އިތުރު 3 ޤައުމަކަށް ކަނޑައަޅާ ސަފީރުންގެ ނަންފުޅު، ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފިއެވެ.
މީގެ ކުރިން 8 ޤައުމަކަށް ފޮނުވާ ސަފީރުންގެ ނަންފުޅު މަޖިލީހަށް ފޮނުވާފައިވާއިރު، މިފަހަރު ފޮނުވާފައިވަނީ ޗައިނާ، ތައިލެންޑް އަދި ސަޢޫދީޢަރަބިއްޔާއަށް ކަނޑައަޅާ ސަފީރުންގެ ނަންފުޅެވެ.
މަޖިލީހަށް ނަންފުޅު ފޮނުއްވި 3 ބޭފުޅުންނަކީ؛
- ތައިލެންޑްގެ ސަފީރަކަށް މުހައްމަދު ޖިނާހު، މއ. ތިބުރޯޒް
- ސައުދީ އަރަބިއްޔާގެ ސަފީރަކަށް މުހައްމަދު ޚަލީލް، ގ. އުތުރުގެއާގެ
- ޗައިނާގެ ސަފީރަކަށް އައިޝަތު އަޒީމާ، މ. ބީނާފުށި
މީގެ ކުރިން މަޖިލީހަށް ނަންފުޅު ފޮނުއްވި 8 ބޭފުޅުންނަށްވެސް ޤައުމީ ސަލާމަތު ކޮމިޓީއިން ވަނީ ރުހުން ދީފައެވެ. އަލަށް ނަންފުޅު ފޮނުވި 3 ބޭފުޅުންގެ ނަންފުޅު ދިރާސާކުރުމަށްވެސް މަޖިލީހުގެ ޤައުމީ ސަލާމަތު ކޮމިޓީއަށް ވަނީ ފޮނުވާފައެވެ.