މޫސުން ގޯސްވުމުގެ ސަބަބުން މޫސުމާއި ބެހޭ ގައުމީ އިދާރާއިން ރާއްޖޭގެ ދެކުނުގެ ދެ އަތޮޅަށް ވައިޓް އެލާޓް ނެރެފިއެވެ.
ވައިޓް އެލާޓް ނެރެފައި ވަނީ ހުވަދު އަތޮޅާއި، އައްޑު އަތޮޅަށެވެ. އަދި ވައިޓް އެލާޓު ނެރުނު އިރު މިއެލާޓުގެ މުއްދަތު ދީފައިވަނީ ބުދަ ދުވަހުގެ ހެނދުނު 10:30 ހާ ހަމައަށްށެވެ.
މެޓް އޮފީހުން ބުނީ ވައިޓް އެލާޓް ނެރެފައިވާ ސަރަހައްދުގައި ހިމެނޭ ރަށްތަކަށް ބޯކޮށް ވާރެވެހުމާއެކު ގުގުރުން ވެސް އެކަށީގެންވާ ކަމަށް ލަފާކުރެވޭ ކަމަށާއި އަދި އުތުރަށް ކެރީގެ އަސަރު ފޯރި ނަމަވެސް މޫސުން އާންމު ގޮތެއްގައި ރަނގަޅުވާނެ ކަމަށެވެ.
މެޓް އޮފީހުން ބުނީ ކުރިއަށް އޮތް 24 ގަޑިއިރު ތެރޭގައި ހުޅަނގުއުތުރާއި އުތުރުން ގަޑިއަކު 03 މޭލާއި، 13 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށެވެ.
ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރާގައި މިމަހުގެ 5 ވަނަ ދުވަހު މާލެއަށް ބޯކޮށް ވާރޭވެހި ވަރަށް ބޮޑަށް ވަނީ ފެންބޮޑުވެފައެވެ. މިހާދިސާގައި ގިނަގެތަކަށް ފެންވަދެ ބޮޑެތި ގެއްލުންތަކެއް ލިބިފައިވެއެވެ.