ޔޫތު މިނިސްޓަރު މަހުލޫފް ހޮނިހިރު ދުވަހު ރާޅާއެޅުންތެރިންނާއި އެކު ބޮޑީބޯޑް ކުރައްވައިފިއެވެ.
ހޮނިހިރު ދުވަހު މަހްލޫފު ކުރެއްވި ޓްވީޓްއެއްގައި ވިދާޅުވެފައިވަނީ ރާޅާއެޅުންތެރިންނާއި ބައްދަލުކޮށް އެކުގައި ބޮޑީބޯޑު ކޮށްލަން ދެވުމުން ވަރަށް ހިތްހަމަޖެހިވަޑައިގެންފި ކަމަށެވެ. ދިވެހިންގެ ތެރެއިން މޫދު ކުޅިވަރުގެ ޗެމްޕިއަނުން އުފެއްދުމަށް އަބަދުވެސް އެހީތެރިވެ ދެއްވާނެ ކަމަށް ވެސް މަހްލޫފު ވިދާޅުވި އެވެ.
It was a pleasure to have met local surfers at Raalhugandu today & enjoyed bodyboarding with them. We are committed to support our local talents and create champions in watersports for our country in the future. ?@MSAsurfing @MBBAmv @kuda_ayya pic.twitter.com/usxm0ZbqCR
— Ahmed Mahloof (@AhmedMahloof) December 8, 2018
ރާއްޖޭގެ އެންމެ މަޝްހޫރު އެއް ބޮޑީބޯޑަރު ކަމުގައިވާ ކުޑަ އައްޔަ ޓްވީޓް ކޮށްފައި ވަނީ މިނިސްޓަރާއިއެކީ ކުރިޔަށް އޮތް ތަނުގައި ވެސް ރާޅާއެޅުމަށް އުއްމީދު ކުރައްވާ ކަމަށާއި ރާޅާއެޅުންތެރިނާއެކު ބައިވެރިވީތީވެ ވަރަށް ފަހުރުވެރިވާ ކަމަށެވެ.
It was an honor to have our youth minister @AhmedMahloof with us today for a raalhu session. This was a good day and you did a great job out there. Hoping to have you here for more sessions. ? pic.twitter.com/yNsvV4l4hA
— Kuda Ayya (@kuda_ayya) December 8, 2018
ރާޅާއެޅުމަކީ ދިވެހިންގެ ތެރޭގައި، ހާއްސަކޮށް ޒުވާނުންގެ ތެރޭގައި މިހާރު ވަރަށް މަގުބޫލު ކުޅިވަރެކެވެ. އަދި ލޯކަލް ޓޫރިޒަމް ފުޅާވަމުން އަންނަ ވަރަކަށް ރާއްޖެއަށް ހަމައެކަނި ރާޅާ އަޅާލަން އަންނަ ފަތުރުވެރިންގެ އަދަދުވެސް ދަނީ ދުވަހަކަށް ވުރެ ދުވަހެށް އިތުރުވަމުންނެވެ.