"ހިޔާ" މަޝްރޫޢުގެ ދަށުން ފުވައްމުލަކު ސިޓިގައި ތަަރައްޤީކޮށްފައިވާ ފްލެޓުތައް ލިބޭ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ތަފްސީލު އެ ސިޓީގެ ކައުންސިލުން ހާމަކޮށްފިއެވެ.
ފުވައްމުލަކު ސިޓީ ކައުންސިލުން އާންމުކޮށްފައި ވަނީ އެ ސިޓީގައި އިމާރާތްކޮށްފައިވާ 150 ފްލެޓުގެ ތެރެއިން ކެޓެގަރީ އޭގެ ދަށުން ފުވައްމުލަކު ރައްޔިތުންނަށް ޚާއްސަކުރެވުނު 120 ފްލެޓަށް އެދި ފޯމު ހުށަހަޅާފައިވާ 185 ފަރާތާއި، ކެޓެގަރީ ބީގެ ދަށުން ފުވައްމުލަކު ސިޓީއަށް ހިޖުރަކުރުމަށް ބޭނުންވާ ފަރާތްތަކަށް ޚާއްސަ ކުރެވުނު 20 ފްލެޓަށް އެދި ފޯމު ހުށަހަޅާފައިވާ ފަރާތްތަކަށް ޕޮއިންޓް ދީފައިވާ ގޮތުގެވެ.
ފުވައްމުލަކު ސިޓިގައި ތަަރައްޤީކޮށްފައިވާ ފްލެޓުތައް ލިބޭ ފަރާތްތަކުގެ ވަގުތީ ލިސްޓު ހާމަ ކޮށްފައިވަނީ މިދިޔަ ނޮވެމްބަރު މަހުގެ 6 ގައެވެ.
ޕޮއިންޓް ދީފައިވާ ގޮތާމެދު އެއްވެސް ޝަކުވާއެއް އޮތްނަމަ 27 ޑިސެމްބަރ 2018 ވަނަ ދުވަހުގެ 13:00 ގެ ފުވައްމުލަކު ސިޓީ ކައުންސިލަށް ހުށަހަޅަންޖެހެ އެވެ.